Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ނޫސްވެރިން ޖަލަށްލީ ރައީސް ޔާމީން، މީޑިއާތަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ލަދު ގަންނަން ޖެހޭ: ވިސާމް

ނޫސްވެރިން ޖަލަށްލީ ރައީސް ޔާމީން، މީޑިއާތަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ލަދު ގަންނަން ޖެހޭ: ވިސާމް

މީޑިއާތަކުން ރިޝްވަތު ނަގާ ކަމަށް ބުނެ ތުހުމަތު ކުރަން ރައީސް ޔާމީން އަބްދުލްޤައްޔޫމް ލަދުގަންނަން ޖެހޭ ކަމަށް ގަމު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވުމާ ގުޅިގެން ރޭ ކާނިވަލްގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ރައީސް ޔާމީން ވަނީ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ.

މި ގޮތުން ވިދާޅުވީ، ނޫސްވެރިން މިއަދު ތިއްބަވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެންބަސީއިން ފޮނުވާ ލާރި ނަގައިގެން ކަމަށެވެ. އަދި މިއަދު ނޫސްތައް އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށާއި މިނިވަން ނޫސްވެރި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"މިސަރުކާރުގައި އޮންލައިން ނޫސްތައް އެކަނި މިނިވަންކަމާ އެކީ ލިޔަނީ، ހުރިހާ އެހެން ނޫސްތައް އެހެރީ ސަރުކާރުގެ ޖީބުގައި. މިތާންގައި ނެތް މިނިވަންކަމެއް. މިތާކު ނެތް ފްރީޑަމް އޮފް އެކްޕްރެޝަނެއް. މިތާންގައި ނެތް މިނިވަން ޖާނަލިޒަމެއް" ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނަށް ބޭނުން އެއްޗެއް ލިޔުމުގެ އިޚްތިޔާރު ދެއްވައިފައިވާ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވައި އޭރު ނޫސްވެރިޔަކަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި، މިހާރު ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވީ، އަބުރުުގެ ޤާނޫނު ފާސްކޮށް، މީޑިއާތައް ޖޫރިމަނާ ކުރީ ރައީސް ޔާމީން ކަމަށާއި ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

"އަބުރުގެ ގާނޫނު ފާސްކޮށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީ ރައީސް ޔާމީން ވެރިކަމުގައި. ނުހައްގުން ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ބިރު ދައްކަން. މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ޔާމީން ލަދުގަންނަން ޖެހޭ." ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ވިޝާމް މި ފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން ދަނީ އަބުރުގެ ބިލެއްގެ މަސައްކަތް ކުރަމުންނެވެ. އެ ބިލް އުވައިލީ ވެސް މި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް