ޚަބަރު

ސަރުކާރާ ޔާމީން ހަވާލުވެ ވަޑައިގަންނަވަން ޖެހޭ ކަމަށް ޑރ.ވަހީދު ވިދާޅުވުމުން އެމްޑީޕީ މެންބަރުން ރަތަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ޑރ.ވަޙީދު ވާހަކަފުޅު ދައްކަވަނީ

އިދިކޮޅުން ރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީން"ޖަލްސާގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީން ޑރ.ވަހީދަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by STELCO

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ވެރިކަމަށް ތައުރީފް ކުރައްވަމުން ޑރ.ވަޙީދު ވިދާޅުވީ، ރައީސް ޔާމީނަކީ ދުރުވިސްނޭ ވެރިއެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަސް އަހަރުގައި ބިޔަ މަޝްރޫއުތައް ހިންގެވި ކަމަށް ވިދާޅުވަމުން ވިދާޅުވީ މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. މި ގޮތުން މިއަދު ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ފަހަތު ފަޔަށް ބުރަވެ ދެމިލަދެމިލާ ތިބި މަންޒަރު ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

ޑރ. ވަޙީދު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ވެރިންގެ މިސްރާބެއް ނެތް ކަމަށާއި މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަން ވެސް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ކަންތައް ކުރައްވަން އެނގިލައްވާ ބޭފުޅެއް ކަމަށާއި މިހެންކަމުން ވެރިކަން، ޕީޕީއެމްއާ ހަވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުން ޤަބޫލު ކުރާ ގޮތުގައި 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތްކޮށްގެންނެވެ. އަދި ރޭގެ ޖަލްސާގައި ވެރިކަމާ ޕީޕީއެމްއިން ހަވާލުވާން ޖެހޭ ކަމަށް ވިދާޅުވުމަކީ އަނެއްކާވެސް ބަޣާވާތަކުން ވެރިކަން ވައްޓައިލާން ޖެހޭ ކަމަށް ނުސީދާކޮށް ވިދާޅުވުން ކަމަށް އެމްޑީޕީ މެންބަރުން ޤަބޫލު ކުރައްވައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. ވަހީދަކީ ބަޣާވަތްކުރުން ކަށިން ނުފިލިވާ ބޭފުޅެއް ކަމަށެެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)، ވެސް ވަނީ ބަޣާވާތަކުން ވެރިކަމުގެ މަގާމަށް އަންނަ ބާޣީއަކަށް ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ރައީސަކަށް ލިބިދޭ އިނާޔަތްތައް ހައްގުވާނެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ގާނޫނަށް ބަދަލުގެނެސް އިނާޔަތްތައް ކަނޑައިލާން ފެނޭތޯ ވެސް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ޑރ.ވަހީދުގެ ކިބައިން ބަޣާވާތް ކުރުމުގެ ސިފަ ނޫން އެހެން ސިފައެއް ނުފެންނަ ކަމަށެވެ. އަދި އެއް ފުޅަށްމަތިން ފުންމައިލި ބަކަރި އަނެއް ފުޅަށް މަތިން ފުންމައިލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޢަބުދުﷲމާހިރު

    ޑރ.ވަޙީދު ވިދާޅުވީ ގޯސް ވާހަކަޔެއް ނަމަ، އެމް ޑިޮ އެން. ލާދީނީ ބޮޮޓް ގްރޫޕަށް އެޅި ފިތަވަޅު އެމްޑީޕީ ބުނެދީ.! ގާނޫނީ ސަރުކާރެއް ނަމަ ޤާނޫން ނަގަހެއްޓުން އެއީ އަސާސް. ޢިންޑިޔާ އައުޓް!!

  2. އަހަރެން

    ކަލޭމެން 3މީހުންގެމޫނުމަތިން ފެންންނީި ހިޔަޅުވައްތަރު އެއްފުޅިން ބޮއިފިއްޔާ އަނެއްފުޅިންވެސްބޯނެ!!!!!

  3. ނަޖީ

    ވަހީދުއެވިދާޅު ވަނީ ވަރައްވެސް ރަނގަޅުވާހަކަފުޅެ ގައުމާއެހެން ބަޔަކު ހަވާލުނުވެ ދުވަސްތަމާޒީއާއެކުވަމުންދާނަމަ މިގައުމު މަލިކައްވުރެ ހާލުގަ އުޅެންޖެހޭނެކަމީ ކަށަވަރުވެ ޔަގީންވާކަމެ ކޮމްމެގޮތެހަދާފަ ނަމަވެސް ގައުމުގެ ވެރިކަމާ އެހެން ބަޔަކު ހްވާލުވާން އެބަޖެހޭ

  4. ކަޅުކައްޅަ ބާޣީ

    ކަލޯ ތިޔާމީހާަ ކިޔަ އެއްޗެހި އަޑުނާހަބަލަ. ތިޔައީ ހަމަ ސީދާ ބާޣީއެއް