ޚަބަރު

މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރަން: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިޙް މިހެން ވިދާޅުވީ އއ. ފެރިދޫ ކައުންސިލު މެމްބަރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އޮތް އެންމެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ޞާލިޙާ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ފެރިދޫގެ ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ހުށަހަޅުއްވުމުގެ އިތުރުން، ފެރިދޫގައި އައު މިސްކިތެއް އެޅުމަށާއި ޒުވާނުންނަށް ހާއްސަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެ ފަދަ މަރުކަޒެއް ބިނާކުރުމާއި އަދި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމުގެ އިތުރުން ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭނުންވާ ކަމަށް ހުށަހަޅުއްވައިފައެވެ.

ކައުންސިލަރުންގެ ވާހަކަފުޅާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައި ވާތީ ބަނދަރުގެ މަސައްކަތާ އެކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމަށެވެ.

  1. ފާާތުމަތު

    ތިކަހަލަ މީހުން ވެރިކަމުގައިހުންނާތ ގައުމުހަލާކުވަނ