Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންގެ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތް

ރައީސް ޔާމީންގެ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތް

ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތް ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ރައީސް ޔާމީންގެ ޕާސްޕޯޓް މައްސަލައިގެ ޝަރީއަތް ނިމެންދެން ހިފަހައްޓަން ޕީޖީއިން ވަނީ އެދިފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވިދާޅުވީ، ރައީސް ޔާމީންގެ އަތްޕުޅުގައި އޮންނަ ދެ ޕާސްޕޯޓް ވެސް މިވަގުތު އޮތީ މުއްދަތު ހަމަވެފައި ކަމަށެވެ. އެއީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޯޑިނަރީ ޕާސްޕޯޓެވެ.

Advertisement
Allied Insurance — Square (box)

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ރައީސް ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާއިރު، އެ ދެ ޕާސްޕޯޓަކީ ވެސް މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަށް ވާތީ، އެއީ ސައްޙަ ލިޔެކިޔުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ސައްޙަ ޕާސްޕޯޓެއް ނެތި، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ނޭދެވޭނެ ކަމަށެވެ. ބާރު ދޭ ނުކުތާއަކަށް ނެންގެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓައިދޭން އެދުމުން، ކްރިމިނަލް ކޯޓުން އިއްވި ހުކުމެވެ. އެ ހުކުމުގައި ބުނެފައި ވަނީ، ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ނުހިފެއްޓޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ފަނޑިޔާރުން ވަނީ ދައުލަތާ ސުވާލުކުރައްވައިފައެވެ. މިގޮތުން، ޕާސްޕޯޓް މުއްދަތު ހަމަވެފައި އޮތްކަން އެނގޭތޯ ދައުލަތާ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ، ޕާސްޕޯޓް މުއްދަތު ހަމަވެފައި އޮތްކަން އެނގޭ ކަމަށާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަަކަށް އެދިފައި ވަނީ ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އައު ކުރެވޭތީ ކަމަށެވެ. އަދި ޔާމީންގެ އަމަލުތައް ދައުލަތުން ބަލަމުން ނުދާތީ، ޕާސްޕޯޓް އައު ކުރަން ހުށަހެޅިޔަސް ނޭނގޭނެކަަމަށް ދައުލަތުން ވިދާޅުވިއެވެ.

https://dhen.mv/129468

މީގެ އިތުރުން ރައީސް ޔާމީންގެ ފަރާތުން ވިދާޅުވީ، ރައީސް ޔާމީން ފިއްލަވާނެ ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނެތް ކަމަށެވެ. މިހެންކަމުން މި އަމުރު ނެރުމުގެ ޤާނޫނީ ބުރަދަނެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން މިހާރު ވަނީ މެދު ކަނޑައިލައިފައެވެ. ދެން އޮންނާނީ މިކަމާމެދު ގޮތެއް ނިންމުމުގެ މަރުހަލާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް