Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޚާލިދު މިވަގުތު އޮތީ ވެންޓިލޭޓަރުގަައި، އަނގަމަތީގެ ކަށިގަނޑަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި

ޚާލިދު މިވަގުތު އޮތީ ވެންޓިލޭޓަރުގަައި، އަނގަމަތީގެ ކަށިގަނޑަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި

މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ހާއްސަ އެހީއަށް ބޭނުންވާ މީހާގެ އަނގަމަތީގެ ކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ މ. ކިނބިދޫގޭ ޚާލިދު ޢަބްދުﷲ (40އ.) އަށެވެ. އާއިލާއިން ބުނި ގޮތުގައި ޚާލިދު އެކްސިޑެންޓުވީ އޭނާ ދުއްވަން އިން ބެޓަރީ ސައިކަލުގައި ކާރެއް ޖެހިގެންނެވެ.

ޚާލިދަށް ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ސްކޭންތަކެއް ހަދަން ޖެހޭތީ ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދަން އުޅުނުކަމަށް ވެސް އާއިލާއިން މައުލޫމާތު ދިނެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގެ އިރުޝާދުގެ މަތިން އާއިލާއިން ފަހުން ވަނީ އޭނާ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންގޮސްފައި ކަމަށް އާއިލާގެ ފަރާތުން "ދެން"އަށް މައުލޫމާތު ދެމުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

"ސީޓީ ސްކޭނާއި އެކްސްރޭ ވެސް ނަގައިފި، އަނެއްހެން ނެތް މައްސަލައެއް. އެކަމަކު އަނގައިގެ މަތީ ކަށިގަނޑު (ނޭފަތާ ގުޅޭ ހިސާބުގެ ކަށިގަނޑު) އިނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތެރެއިން ވަރަށް ބޮޑަށް ލޭ އެޅިފައި ހުރީ އެހެންވެ. އޭނައަކީ ބަލި މީހެއް ވީމަ ލޭތައް ދާނީ އަނގައިގެ އެތެރެއަށްތާ، އޭނައަށް ކުޅެއް ވެސް ނުޖެހުނު. އެހައި ބައިވަރު ލޭ އެތެރެއަށް ގޮސްފައި ހުރީމަ އޮކްސިޖަން ގުޅައިފައި ވެންޓިލޭޓަރުގައި އޮތީ" އާއިލާއިން ބުންޏެވެ.

<img class="alignnone wp-image-129612 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/Polish_20211206_231126532.jpg" alt="" width="720" height="518" />

މީގެ އިތުރުން އެ އާއިލާއިން ބުނީ ޚާލިދުގެ އަނގައިގެ މަތީ ތަލި (ފަޅައިގެން ދިޔަ ހިސާބު) މިހާރު ވަނީ ފަހައިފައި ކަމަށެވެ. ނަމަވެސް ޚާލިދު ހޭއެރުމަށް ފަހު ތެޅޭތީ، މިވަގުތު އޮތީ ނިންދަވައިފައި ކަމަށް ވެސް ބުންޏެވެ.

ޚާލިދު މިވަގުތު އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

މި އެކްސިޑެންޓުގައި ޚާލިދުގެ ސައިކަލުގައި ޖެއްސި ކާރުގެ ޑްރައިވަރު އަދިވެސް ނުފެންނަ ކަމަށާއި، އެކްސިޑެންޓުވުމުން ވެސް އަޅައިނުލައި ދިޔުމުން ހިތާމަ ކުރާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ހަމައެކަނި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ދެއްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް