ޚަބަރު ސަރުކާރު

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވައިލައްވައިފިއެވެ.

Ads by Hajj Corporation

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ޚާރިޖިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ހިސް އިކްސެލެންސީ ރަނިލް ވިކްރަމަސިން ވަނީ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފައެވެ. އަދި ނައިބު ރައީސް ވަނީ އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައި.އެން.އެސް.އެސް)ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނައާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ރައީސްއާއި ނައިބު ރައީސް ހާދަބިޒީކޮށް އުޅުއްވާ ދުވަސްވަރެއް .