ޚަބަރު ސިޔާސީ

25 ބުރީގެ އިމާރާތާއި ބްރިޖަކީ ރައީސް ޔާމީން ރައްޔިތުންނަށް ކޮށްދިންކަމެއް ނޫން: ފަލާހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި، ހުޅުމާލެއާއި މާލެ ގުޅުވައިލައިދިން ބްރިޖެއް އެޅުއްވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ނަމަވެސް އެއީ ރައްޔިތުންނަށް ކޮށްދިންކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަސްލަހަތު އޮންނަ ޓީވީ ޗެނަލް، ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ބްރިޖާއި 25 ބުރީގެ އިމާރާތް އެބަ ފެންނަ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ތިބީ ނުތާހިރަށް ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެމަނިކުފާނު ބައްލަވަނީ ލޯނު ނަންގަވައިގެން ވިޔަސް ރައްޔިތުން ތާހިރު ކުރެވޭތޯކަމަށެވެ.

"އެބޭފުޅުން (ރައީސް ޔާމީންގެ ސަރުކާރުން) ބްރިޖު އެޅިޔަސް، 25 ބުރީގެ އިމާރާތް އެޅިޔަސް، އަދި ސަލްމާން މިސްކިތް އެޅިޔަސް، މިއިން ކޮންމެ ތަނެއްގަ ވެސް ބަލާލީމަ އެނގޭނީ، އިނގޭތޯ ކޮރަޕްޝަންގެ މިންވަރު ހުރިވަރު" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޕޯޑިއަމްއަށް އަރުއްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވީ އެމަނިކުފާނަށް ނުކުރެއްވުނު އެތައް ކަމެއް ރައީސް ޞާލިހުގެ ސަރުކާރުން ކުރައްވާތީ ކަމަށެވެ. އިދިކޮޅުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން އެނގިގެންދިޔައީ އެމަނިކުފާނަކީ ކިބުރުވެރި، ބޮޑާ އަދި އަނިޔާވެރިކަން އިސްކުރައްވާ ބޭފުޅެއްކަން ކަމަށް ފަލާހު ވިދާޅުވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފަލާހު އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ނުލާ ހަމައެންމެ ނޫސްވެރިއެއް ވެސް ރާއްޖެ ޓީވީގައި ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ދުވަހު ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރިކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ދިފާއީ އެއްބަސްވުންތަކާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވައިލައްވައި ފަލާހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެވަރުގެ އެއްވެސް ކަމެއް ދިފާއީ ބާރުތަކުން ނުކުރައްވާނެ ކަމަށެވެ.

"އެހެންވީމަ ރާއްޖެ ދިފާއުކުރަން ތިބި މީސްމީހުންނާއި ދިމާލަށް އެގޮތަށް ވާހަކަ ދެއްކުމަކީ ކުރީގެ ރައީސްކަން ކޮށްފަ ހުރި މީހަކު ކޮށްގެންވާނެ ކަމެއް ނޫން" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ރައީސް ޔާމީން ދައްކަވާ ފާހަކަފުޅުތަކުން، ރާއްޖޭގެ ނިޒާމު ކޮންމެ ގޮތަކަށް އޮތަސް އެމަނިކުފާނުގެ ގައިގައި އަތް ނުލެވޭނެކަމަށް ދެކިވަޑައިގަންނަވާކަން ދޭހަވާ ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މުދަލާއި ފައިސާގައި ޖެހިފައި ހުރިކަމަށްވާ ނަމަ ރައީސް ޔާމީން ވިޔަސް އިންސާފުގެ ކުރިމައްޗަށް އަންނަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ އެކަމުގެ ފަހަތުގައި އޮތް ރަނގަޅު އެނގޭ ނަމަ، "ހައްގަށް ނަސްރު ލިބޭނެކަމަށް" އިދިކޮޅުން ނުބުނާނެ ކަމަށެވެ. އެހެންކަމުން މިންވަރަށް ޝުކުރު ކޮށްލައިގެން ތިބުން މުހިންމުކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

  1. ށަވިޔަނި

    އޯކޭ ރައްޔިތުންނަށް ކޮށްނުދިނަސް (ހަމަގައިމުވެސް އެއީވަރަށްމުހިންމު ތަންތަންކަންމިސަރުކާރުން ޤަބޫލްކޮށްފތާ)

  2. ުއަހުމަދު

    ފަލާހޫ އެމްޑީގެ ވެރިކަމުގާ ކިހާމީހުނެއް ހައްޔަރު ކުރިންތޯ ހަމަ އެހެންމެ ދިވެހި ނޫސްވެރިންނަ ކިހާދުއްތުރާތަކެއްކުރިންތޯ މަގުތަކަށްއެއްވާއިރަށް ޕެޕާސުޕްރޭ ޖެހިންތޯ ފަޅާހުމެން މިއަދު އަނިޔާގެ ވާހަކަށްދައްކަން ލަދުގަންނަންޖެހޭނެ

  3. މިރި

    ކިޔޭ ނުކިޔޭ އަމިއްލައަށް ވެސް ނޭނޭ މީހެއ މީ
    ވާހކ އެބަ ސައކައެއނި

  4. ޒުލްހިއްޖާ

    ދެން ކަލޭމެން ތާހިރު ވެގެން ކަރަަޕްޓް ނުވެ ކޮއްްބަލަ އަހަރެމެންނައް ފެނިގެންދިޔާއީ ތާހިރުގޮތަކައް ވެންޓިލޭޓަރ ތަކުންވެސް ވައްކަންކުރިތަން ސީޕުލޭންޓާމިނަލުންވެސް ބޮޑުތަނުން ވައްކަން ކުރާތަން މުޅިގައުމުމިވަނީ ޖަޒީރާވެފަ ވައްކަމާ ފަސާދައިން

  5. ތޭވީސް

    ތިހާވަރަށް ޑިފެންސަށް ނުކުޅުނަސް އޯކޭ. ހަމަ ޔާމީން ވަރެއް ނެތް.