Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ފަތޯގެ އަތް ބިނދި، އިންސާފު ނުލިބިފައި

ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ފަތޯގެ އަތް ބިނދި، އިންސާފު ނުލިބިފައި

އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ)ގެ އަތް ބިނދިއްޖެއެވެ.

"ދެން" އަށް މަައުލޫމާތު ދެމުން ފަތޯގެ ބޭބެ ރަޙްމަތުﷲ އަބްދުލްފައްތާހް ބުނީ ފަތޯއަށް ގެވެށި އަނިޔާ ކުރީ ވެސް އޭނަގެ ބޭބެއެއް ކަމަށާއި އެ ބޭބެއަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ.

ފަތޯއަށް އަނިޔާކުރި އެ ބޭބެގެ މައްސަލަ ފުލުހުންނަށް އެކި ފަހަރު މަތިން ޖެއްސި ނަމަވެސް އަމަލީ އެއްވެސް ސިފައެއް ގެނެވިފައި ނުވާ ކަމަށް ވެސް ރަހްމަތުﷲ ބުންޏެވެ.

Advertisement
HDC — Sidebar (box)

"އޭނަގެ އުނދަގޫ ބޮޑުވެގެން މަންމަ ވެސް މިހާރު އުޅެނީ ގެއިން ބޭރުގައި. އޭނަގެ ދަރި ބަލަނީ ވެސް މަންމަ. ބިރު ދެއްކުމާ މަންމަގެ އަތުން ލާރި ހޯދުމާ މިހުރިހާ ކަމެއް ވެސް ކުރަމުންދޭ. ކޯޓުން އޮތީ 2018 ގައި ރައްކާތެރިކަމުގެ އަމުރު ނެރެފައި މަންމައަށާއި އޭނަގެ ދަރިފުޅަށް" ރަހްމަތުﷲ ބުންޏެވެ.

ރަހްމަތުﷲ އިތުރަށް ބުނީ އަނިޔާކުރި ފަރާތުގެ މައްސަލަ ރިޕޯޓުކުރުމުން ވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

"އަނިޔާ ކުރުމުން އެ މައްސަލަ ޖެއްސީމަ ފުލުހުން ބުނީ ތި މައްސަލައަކީ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއް ވީމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތޭ. ވިލިމާލެ ޕޮލިހަށް ގުޅީމަ ބުނީ ފަތުހުﷲ ޖެހޭނީ ހާޒިރުވާށޭ ބަޔާނެއް ދޭން. އޭނަ އެއޮތީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި، އޭނައަށް އަނިޔާ ކުރި މީހާ އެހުރީ އަދިވެސް އިންޒާރުގެ މެސެޖުތައް ފޮނުވާފޮނުވާ. މިހާރު ފަސް ދުވަސް މިވީ" ރަހްމަތުﷲ ބުންޏެވެ.

ރަހްމަތުﷲ ބުނީ ގެވެށި އަނިޔާގެ މައްސަލަތައް ބެލުމަކީ ފުލުހުންގެ ޒިންމާއަކަށް ވާއިރު، މި މައްސަލައިގައި އަދިވެސް ބަޔާނެއް ވެސް ނުނަގާތީ ހިތާމަ ކުރާ ކަމަށެވެ.

ފަތޯގެ އަތް އެއްކޮށް އޮތީ ބިންދައިގެން ކަމަށާއި، އިނގިލިތައް ހަރަކާތް ކުރުމުގައި ވެސް ދަތިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އައިޖީއެމްއެޗްއިން އިއްޔެ ކުރަން ހަމަޖެހިފައި އޮތް އޭނާގެ އޮޕަރޭޝަން ފަހުން ވަނީ އެމަޖެންސީ އިތުރު ވޭދަނަތަކެއް ކުރިމަތިވެގެން ކެންސަލްކޮށްފައެވެ. އަދި މިފަދަ އޮޕަރޭޝަންތައް ދެން އެންމެ އަވަހަށް ކުރެވެން އޮތީ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ކަމަށް ވާތީ، އޭނާއަށް ހޮނިހިރު ދުވަހާ ހަމައަށް މަޑުކުރުން ނޫން ގޮތެއް ވެސް ނެތެވެ.

ފަތޯ ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އިނގިލިތައް މިހާރު ވެސް ހަރަކާތް ކުރަން އުނދަގޫވެފައިވާ ކަމަށާއި ދުޅަ ވެސް ވެފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ދެން" އަށް ވިދާޅުވީ، ބަލިމީހާގެ ހާލަތު އޭނާއަަށް ޑޮކްޓަރުން ކިޔައިދީފައިވާނެ ކަމަށާއި އެފަދަ ވާހަކަތައް އާންމުންނާއި ހިއްސާ ނުކުރެވޭނެ ކަމަށެވެ.

ގެވެށި އަނިޔާގެ މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް