ފިރިމީހާގެ ބަނޑަށް ވަޅިހެރީ އަނބިމީހާ، ހާލު ސީރިޔަސްވެ އައިސީޔޫގައި ފަރުވާ ދެނީ

އުމުރުން 34 އަހަރުގެ ފިރިމީހާގެ ބަނޑަށް އޭނާގެ އަނބިމީހާ ވަޅިހެރުމުގެ ސަބަބުން، ފިރިމީހާގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ މި މަހުގެ 6ވަނަ ދުވަހުގެ ރޭ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެންމީހާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.
ފަރުވާ ހޯދަމުންދާ ފިރިމީހާގެ އަނބިމީހާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.







ކޮމެންޓް