Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަކްރަމް ކަމާލުއްދީން މުޢިއްޒަށް: ވަރަށް އަވަހަށް އިންސާފު އަރައި ހަމަ ކުރާނެ

އަކްރަމް ކަމާލުއްދީން މުޢިއްޒަށް: ވަރަށް އަވަހަށް އިންސާފު އަރައި ހަމަ ކުރާނެ

ވަރަށް އަވަހަށް އިންސާފު އަރައި ހަމަކުރާނެ ކަމަށް ވިދާޅުވެ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެއްޖެއެވެ.

އަކްރަމް ކަމާލުއްދީން މިފަދައިން ވިދާޅުވެފައި ވަނީ، ހުޅުމާލެ ހިންގުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ބާތިލުކޮށް، މާލެ ސިޓީ ކައުންސިލުގެ ދަށަށް އިއްޔެ ގެނައުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވަނީ ވަޒީރު ކަމުގައި ހުރި އިރު ބިންތަކާއި ޕްރޮޖެކްޓުތައް ހިތުހުރި ގޮތަކަށް ހިންގައިފައި ކަމަށާއި "އަނެއްކާ ބާރެއް ލިބުނީ ކަމަށް ހިތާ" ޤާނޫނާ ޤަވައިދުތަކަށް ހިލާފުވަމުން އަންނަ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ވަރަށް އަވަހަށް އިންސާފު އަރާ އޭނާއާ ހަމަ ކުރާނެ" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި ހުކުރުދުވަހުގެ ރޭ "ކޮތަރުކޮށި" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމީ އެޗްޑީސީގެ ހުއްދަ ނެގުމަކާ ނުލައި ކަމަށް އެ ކޯޕަރޭޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބުނެފައެވެ. އެޗްޑީސީން ވަނީ ހުއްދަ ނުނަގާ ހުޅުމާލޭގެ އެއްވެސް ތަނެއްގައި ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް ވެސް ބުނެފައެވެ.

މިއާއެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެޗްޑީސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް، އެ ކައުންސިލްގެ މި ދައުރުގެ 30 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް