Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

37 އަހަރުގެ ޚިދުމަތަށް ފަހު ޒަކަރިއްޔާ މަންސޫރު ރިޓަޔަރ ކުރައްވައިފި

37 އަހަރުގެ ޚިދުމަތަށް ފަހު ޒަކަރިއްޔާ މަންސޫރު ރިޓަޔަރ ކުރައްވައިފި

ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ޝަރަފުވެެރިކަމާ އެކު ރިޓަޔަރ ކުރައްވައިފިއެވެ.

ޒަކަރިއްޔާ މަންސޫރު ރިޓަޔަރ ކުރެއްވީ މިރޭ އެކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ.

ޑިފެންސް މިނިސްޓަރުގެ އިތުރުން އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ޒަކަރިއްޔާ މަންސޫރުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Ooredoo — Truecaller (box)

ޝަރަފުވެރިކަމާ އެކު ޒަކަރިއްޔާ މަންސޫރު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސިޓީފުޅާއި މެޑަލް ބޯޑު، އޭނާއާ ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާއެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީއާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޚުދު އެމަނިކުފާނެވެ. ޒަކަރިއްޔާ މަންސޫރުގެ ރިޓަޔަމަންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް