Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

މޯލްޑިވްސް، ބްރޭންޑެއްގެ ގޮތުގައި ހަދައި ރާއްޖޭގެ މަހަށް މާކެޓު ހޯދަނީ

މޯލްޑިވްސް، ބްރޭންޑެއްގެ ގޮތުގައި ހަދައި ރާއްޖޭގެ މަހަށް މާކެޓު ހޯދަނީ

"މޯލްޑިވްސް" ބްރޭންޑެއްގެ ގޮތުގައި ހަދައި ރާއްޖޭގެ މަސްވެރިކަމުން ބާނާ މަސް ދުނިޔޭގެ މާކެޓަށް ނެރެން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިމަހުގެ ދިހަވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ އަތޮޅު ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަން ތަރައްގީކުރުމަށް ރާއްޖޭގައި މިވަގުތު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަސްވެރިކަމުން ބާނާ މަސް ދިވެހި އުފެއްދުމެއްގެ ގޮތުގައި ޕްރޮމޯޓު ކުރުން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ އަގުބޮޑު އެއް ބްރޭންޑު ކަމަށާއި "މޯލްޑިވްސް"އޭ ބުނީމައި އެ ނުދަންނަ މީހަކު މިހާރު ނޫޅޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން "މޯލްޑިވްސް ޓޫނާ" އޭ ބުނުމުން އެ ދެވެނީ ދިވެހިރާއްޖޭގެ މަހަށް ވަރަށް ބޮޑު ޕްރޮމޯޝަނެއްކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"މަނިކުފާނު (ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު) މިހާރު ވަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް އުފައްދަވައިފައި. އޭގެ ފުރަތަމަ ޖަލްސާ ބާއްވައިފި. ބޯޑުގެ މެމްބަރުން މިހާރު ކުރިއަށްދާނެ ސްޓްރެޓެޖީތަކެއް ރާވައިފައި އެބަހުރި. އަޅުގަނޑުމެން އެ ސްޓެރެޓެޖީތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ބަޖެޓުން ލިބިފައި ހުރި ރިސޯސަސްއާ އެއްކޮށް އިރާދަކުރެއްވިއްޔާ ދިވެހި މަސް ޕްރޮމޯޓުކޮށް ދިވެހި ރައްޔިތުންނަށާއި ދިވެހި ސިނާއަތަށް، ރަނގަޅު އަގު، މަތީ އަގު ހޯދައި ދިނުމަށް ޓަކައި މަސައްކަތް ކުރާނަން" މިނިސްޓަރު ޑރ. ހުސައިން ވިދާޅުވިއެވެ.

[caption id="attachment_130303" align="alignnone" width="1671"]<img class="wp-image-130303 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/37-dr-hussain.jpg" alt="" width="1671" height="1114" /> މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ[/caption]

މީގެ އިތުރުން މިނިސްޓަރު ހުސައިން ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ބަންދު ކުރެވިފައިކަމަށެވެ. އެގޮތުން މީގެ ކުރިން މަސް ގަނެ އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތީ އޭގައި ތިބި ބަޔަކަށް އެކަނި ކަމަށާއި އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އައުމަށް ފަހު ސިނާއަތް ވަރަށް ބޮޑަށް ހުޅުވައިލެވިފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އުފައްދައިގެން އެ އުފެއްދުންތަކުން މަތީ އަގު ހޯދުމުގެ ފުރުސަތު އެކަން ކުރެވިދާނެކަމަށް ދެކޭ ގާބިލު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ގެންދަނީ ޕޮލިސީތައް ބަދަލުކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެ މިއޮތީ މަސްވެރިކަމަށް ހުޅުވައިލައިފައި، އެހެންވީމަ ޕްރޮސެސިން ސެކްޓަރގައި އެ ފުރުސަތު އެބައޮތް ވަރަށް ބޮޑަށް. އެކަން ކުރަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ބާނާ މަހުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޞާލިހު ވަނީ މިއަހަރަކީ އެންމެ ގިނަ އަދަދަކަށް މަސްވެރިން އަތުން މިފްކޯއަށް މަސް ގަތް އަހަރުކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނި ވެސް 775 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް