Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފިރިމީހާގެ ބަނޑަށް އަނބިމީހާ ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ފިރިމީހާގެ ބަނޑަށް އަނބިމީހާ ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ފިރިހެނެއްގެ ގަޔަށް އޭނާގެ އަނބިމީހާ ވަޅިހެރި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ މި މަހުގެ 6ވަނަ ދުވަހުގެ ރޭ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މި މައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

އެނގިފައިވާ ގޮތުގައި އެ ފިރިހެންމީހާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދިނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، ފިރިހެން މީހާގެ ސިއްހީ ހާލުގެ އަދާހަމައެއް ލިބިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މި ހާދިސާގައި ޒަހަމްވި ފިރިހެންމީހާގެ އަނބިމީހާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް