ޚަބަރު

ވޯޓް އޮޅުވައިލާން އަނގޮޓިތަކެއް ޝަރީފް ދިންކަމަށް ބުނާ ބަޔާނެެއް ލީކްކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވައިލި ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަޙްޤީޤްގެ އިތުރު ބަޔާންތަކެއް ލީކް ވެއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ކުރި ތަހުގީގަށް ފަހު ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް އިއްޔެ ވެސް ލީކްވެފައެވެ. އަދި އިލެކްޝަން ކޮމިޝަންގެ ކުރިޣެ ރައީސް ފުލުހުންނަށް ދެއްވި ބަޔާން ވެސް ވަނީ ލީކްވެފައެވެ.

މިއަދު ލީކްވި ބަޔާންތަކުގެ ތެރޭގައި އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަޙްމަދު ޝަރީފްއާ ބައްދަލު ކުރި ޕީޕީއެމްގެ އޮބްޒާވަރެއްގެ ބަޔާން ހިމެނެއެވެ. ފުލުހުންނަށް އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ، ޝަރީފްއާ ބައްދަލު ކުރުމުން 20 އަގޮނޓި ދިން ކަމަށެވެ. އަދި އެ އަނގޮޓިން ކަރުދާހުގައި ހޭކުމުން ފާހަގަ ކުރެހޭ ކަމަށާއި އެކަން ކުރާނެ ގޮތް ކިޔައިދިން ކަމަށެވެ. އެހެން ނަމަވެސް އޭނާ އެ އަގޮނޓިތައް ބޭނުން ނުކޮށް، ޑަސްބިނަށްލި ކަމަށާއި އެގޮތަށް އެކަން ކުރީ ވޯޓް އޮޅުވައިލާން ބޭނުން ނުވާތީ ކަމަށް އެ ބަޔާނުގައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓް ބާތިލް ކުރުމަށް އަގޮނޓިއެއް ބޭނުންކޮށް، ވޯޓް ކަރުދާހުގައި އިތުރު ފާހަގަތަކެއް ޖެހިކަމަށް އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ލީކްކޮށްލައިފައިވާ ބަޔާންތަކުގެ ތެރޭގައި، އިންތިޚާބުގައި ޕީއެސްއެމްގެ އޮބްޒާވަރެއްގެ ގޮތުގައި އުޅުނު މީހެއްގެ ބަޔާން ހިމެނެއެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ، ވޯޓްލުމަށް ފަހު އިނގިލީގައި ނިޝާން ނުޖަހައި ވޯޓްލި ބަޔަނު ދާން އުޅުނު ކަމަށާއި ނަމަވެސް އެކަން އޮފިޝަލުންނަށް ފާހަގަ ވެގެން، ހުއްޓުވި ކަމަށެވެ. މީގެ އިތުރުން ބައެއް ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗާސް ނެތް ކަމަށް ބެލެވޭ ކަންކަން ހިނގި ކަމަށް ވެސް އޭނާގެ ބަޔާނުގައިވެއެވެ.

ތަފްސީލް އަންނަނީ..

Ads by Ooredoo
  1. ނުރަބޯ

    އިނގިލީގައި ނިޝާން ޖަހަނީ ވޯޓު ލުމުގެ ކުރިން.