ކެޓްރީނާއާއި ވިކީގެ ފަރާތުން ކަންގްނާއަށް ލިބުނީ ހީވެސް ނުކުރާ ފަދަ ހަދިޔާއެއް
 
                                                    ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނީގެ ޚަބަރުތައް ވެގެން ދިޔައީ އެތައް ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ޚަބަރުތަކަށެވެ.
މި މަހުގެ 9ވަނަ ދުވަހު ރާޖިސްތާނުގައި މި ދެތަރިން މިހާރު ކައިވެނި ކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައި ވަނީ މަދު ބަޔަކަށެވެ. ހާއްސަކޮށް އިންޑަސްޓްރީ ތެރެއިން އެ ކައިވެންޏަށް ދިޔުމުގެ ފުރުސަތ ދީފައި ވަނީ ވަރަށް މަދު ބަޔަކަށެވެ.
ނަމަވެސް ކެޓްރީނާއާއި ވިކީ ވަނީ އެ ދެމީހުންގެ ކައިވެނީގެ ދައުވަތު ނުދެވުނު ބޮލީވުޑްގެ ތަރިންނަށް ވަރަށް ހާއްސަ ހަދިޔާ ވަށިގަނޑެއް ދީފައެވެ.
އެގޮތުން ހަދިޔާ ދިން ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު ވެސް ހިމެނެއެވެ. ކަންގްނާއަށް އެ ދެމީހުން ފޮނުވީ ދޭސީ ގީއިން ހަދާފައިވާ ލައްޑޫތަކެކެވެ. ކަންގްނާ ވަނީ ލިބުނު ހަދިޔާގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށް، ކެޓްރީނާއާއި ވިކީއަށް ކައިވެނީގެ ތަހުނިޔާ ވެސް ފޮނުވައިފައެވެ.
 
 

 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ހަދިޔާގެ ފޮޓޯ ނެތީމާ ކަޑަ…..