Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެއްގަމު އުޅަނދުގެ ފީއިން މި އަހަރު 102 މިލިއަން ރުފިޔާ ލިބިއްޖެ

އެއްގަމު އުޅަނދުގެ ފީއިން މި އަހަރު 102 މިލިއަން ރުފިޔާ ލިބިއްޖެ

އެއްގަމުގައި ދުއްވާ ވެހިކަލް ފީއިން ލިބުނު އާމްދަނީ ގޮތުގައި މިއަހަރުގެ މިހައިތަނަށް 102 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެއްގަމު ވެހިކަލް ފީއިން މި އަހަރުގެ މިހައިތަނަށް 102 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 89 މިލިއަން ރުފިޔާއެވެ.

އެއްގަމު އުޅަނދުފަހަރުގެ ފީއިން މި އަދަދު ލިބިފައިވާ އިރު، ކަނޑު އުޅަނދުގެ ފީ އިން އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހައިތަނަށް ލިބިފައި ވަނީ 23 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 21 މިލިއަން ރުފިޔާގައި ކަމަށް ހިސާބުތަކުން ދައްކައެވެ.

Advertisement
Ooredoo — Truecaller (box)

އެއްގަމު އުޅަނދުގެ ފީއިން ލިބުނު އަދަދު ބޮޑުވެފައި ވުމުން ދައްކުވައި ދެނީ، ރާއްޖޭގައި ދުއްވަމުންދާ ވެހިކަލްތައް އިތުރުވަމުންދާ ކަމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް