ޚަބަރު

ކެންސަރު ބަލީގައި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭޑީކޭގައި ފަރުވާ ދެނިކޮށެވެ. މެންބަރު ހުސެއިންގެ ހާލު ކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ދެމުން އަންނަތާ ދެ ހަފްތާވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ.

މެންބަރު ހުސައިން ވަހީދު މިދިޔަ އަހަރުގެ ބޮޑުބައި ހޭދަ ކުރެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި ދުބާއީގައެވެ. ޗުއްޓީގައި ހުންނެވުމަށް ފަހު މި އަހަރު މާރިޗް މަހު 30 ވަނަ ދުވަހު އޮތް ޖަލްސާގައި އޭނާ ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ. އޭނާއަށް ގުޅައި ހާލު ބެލި އެންމެނަށް ޙުސައިން ވަޙީދު ވަނީ އެ ޖަލްސާގައި ޝުކުރު އަދާ ކުރައްވައިފައެވެ. އެ ދުވަހު ވެސް ވިދާޅުވީ، ހާލު އެއްކޮށް ރަނގަޅު ނޫން ކަމަށާއި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެ ޖަލްސާގައި އިތުރު ވާހަކަފުޅެއް ނުދައްވައެވެ،

މެންބަރު ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރެއްވި މިއީ ދެވަނަ ދައުރެވެ. ފުރަތަމަ އިންތިޚާބުވެ ވަޑައިގަތީ 17 ވަަނަ ރައްޔިތުންގެ މަޖިލީހަށެވެ.

މެންބަރު ހުސައިންގެ އަނބިކަބަލުންގެ އިތުރުން، ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ގޮތުން އެއްކޮށް އުޅުއްވި ބޭފުޅުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ގެންދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި. ހުސެއިން ގިނަ ބަޔަކު ފާހަގަ ކުރަނީ، ރައްޔިތުންގެ އަޑު އައްސަވާ، އޯގާތެރި ބޭފުޅެެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. ވިސްނާ

    انالله وانااليه راجعون!
    اللهم اغفرله وارحمه وعافه واعف عنه اللهم ثبته عند السؤال فى القبر ويوم القيامة امين!

  2. ދުނިޔެ

    މާތްﷲގެެ ހެޔޮރަޙްމަތްފުޅުންް މަރުޙޫމްް ޙުސެންް ވަހީދައްް ސުވަރުގޭގެެ ދާއިމީީ ނިޢުމަތްް މިންވަރުު ކުރައްވާށިއެވެެ އާމީންް