ދުނިޔެ

7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އިންޑޮނޭޝިއާއަށް ، ސުނާމީގެ އިންޒާރު!

ރައުފާ ރަޝީދު ، ދެން އޮންލައިން
މީގެ ކުރިން އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގެ ތެރެއިން

އިންޑޮނޭޝިއާގެ އައްސޭރިފަށަށް 7.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ އެކު ސުނާމީގެ އިންޒާރު ދީފިއެވެެ.

Ads by WAMCO

ސުނާމީގެ އިންޒާރު ނެރެފައި ވަނީ ފްލޮރެސްގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ލަރަންޓުކާގެ ހުޅަނގު އުތުރުން 112 ކިލޯމީޓަރު (69 މޭލު) ދުރުގައި އޮންނަ މަލަކޫ، އީސްޓް ނުސާ ޓެންގަރާ، ވެސްޓް ނުސާ ޓެންގަރާ އަދި ދެކުނު ސުލަވެސީ ސަރަހައްދަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 18.5 ކިލޯމީޓަރު (11.5 މޭލު) އަޑިންނެވެ. އަދި ބިންހެލުން އައިސްފައި ވަނީ 85،000 މީހުންގެ އާބާދީއެއް އޮންނަ އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސްގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ މައުމެރީ ނަމަކަށް ކިޔާ ރަށުގެ އުތުރުން 112 ކިލޯމީޓަރު (74 މޭލު) ދުރުންނެވެ.

އިންޑޮނޭޝިއާއަށް އެންމެ ފަހުން ބިންހެލުމެއް އައިސް ސުނާމީއެއް އުފެދުނީ 2004 ވަނަ އަހަރުއެވެ. އެ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅަނގު އުތުރު ސުމަޓްރާގެ އައްސޭރިފަށަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި އުފެދުނު ސުނާމީގައި އިންޑޮނޭޝިއާ، ސްރީލަންކާ، އިންޑިއާ، ތައިލެންޑް އަދި އިތުރު ނުވަ ގައުމަކުން 230،000އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!