Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައުމުތަކަށް ވެކްސިން ލިބުމުގައި ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބޭ: ޝާހިދު

ގައުމުތަކަށް ވެކްސިން ލިބުމުގައި ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބޭ: ޝާހިދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކަށް ވެކްސިން ލިބުމުގައި ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ފޮރިން ޢަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު 100 ދުވަސް ފުރުމާ ދިމާކޮށް ނިއުޔޯކްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ވެކްސިން ދެވުނު ރޭޓް އެފްރިކާގައި އެވްރެޖްކޮށް ހުރީ ފަސް ޕަސެންޓަށް ވުރެ ދަށުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ ވެކްސިން ލިބުމުގެ ހަމަހަމަކާ ގާތަށް ވެސް އާދެވިއްޖެ ކަމަށް ވިދާޅުވެވެން ނެތީ އެހެންވެ ކަމަށެވެ.

"އަަޅުގަނޑުމެނެންނަށް އިތުބާރާ އެކީ ބުނެވޭކަށް ނެތް ހަމަހަމަކަމާ (ވެކްސިން ލިބިދިނުމުގެ ހަމަހަމަކަމާ) ގާތަށް ވެސް އާދެވިއްޖެއެކޭ،" ޝާހިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ޝާހިދު ވިދާޅުވީ އދ.ގެ މެމްބަރު 193 ގައުމުގެ ވެސް، ވިސްނުން އޮތީ ދުނިޔޭގެ އެންމެނަށް ވެކްސިން ދިނުމަށް ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދަށް ލިބުނު ގެއްލުމުން އަރައިގަނެވޭނީ ވެކްސިން ދީގެން ކަމަށްް ވެސް އޭނާ ވިދާޅުވިއެވެ. އިޖުތިމާއީ ގޮތުންނާއި ތައުލީމީ ގޮތުން މުޖުތަމައުތައް އާއްމު ހާލަތަކަށް އައުމަކީ ވެކްސިން ދީގެން ނޫނީ ހާސިލުވާނެ ކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް