Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރަށްރަށުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅައިފި

ރަށްރަށުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެއްގަމު އުޅަނދު ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅަން ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލާޒިމްކޮށްފިއެވެ.

މިކަމަށް އަމަލު ކުރަން ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، "އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" ގެޒެޓްކޮށްފައެވެ. މި އުސޫލަށް އަމަލު ކުރަން ފެށުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.

މި އަންނަ އަހަރު ޖޫން 16ވަނަ ދުވަހު މި ޤަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން، ކޮންމެ ރަށަކުން ވެސް އެސެސްމެންޓެއް ހަދަން ޖެހެއެވެ. އަދި ދުއްވޭ އުޅަނދު ކަނޑައަޅަނީ، އެ ރަށެއްގެ އާބާދީއާއި، އެ ރަށެއްގައި ބޭނުން ކުރަމުންދާ އުޅަނދުތަކުގެ ޖުމްލަ އަދަދާއި، އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާ ޕާކް ކުރުމަށް ކަނޑައަޅާ ސަރަހައްދުގެ ބޮޑުމިނަށް ރިއާޔަތް ކުރުމަށް ފަހުއެވެ.

Advertisement
Ooredoo — Truecaller (box)

އިއްޔެ އާއްމު ކުރި ޤަވާއިދަކީ، އްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިޤަވާއިދުގެ ދަށުން، ސަރުކާރުގެ ވުޒާރާތަކުގެ ނަމުގައި އެތެރެކުރެވޭނެ، ވެހިކަލް =ތަކުގެ އަދަދު ކަނޑައެޅުމުގެ ބާރު ވެސް ދީފައި ވަނީ ކަައުންސިލްތަކަށެވެ. އަދި ސިނާއީ ރަށްރަށުގައި ނުވަތަ ރިސޯޓްތަކުގައި ދުއްވޭނެ ވެހިކަލްތަކުގެ ކަނޑައަޅާނީ މިނިސްޓްރީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް