Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒުވާނެއްގެ ގަޔަށް ވަޅިޖަހައި ޒަޚަމްކޮށްލައިފި

ޒުވާނެއްގެ ގަޔަށް ވަޅިޖަހައި ޒަޚަމްކޮށްލައިފި

މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ، ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު މެހެލި ގޯޅިގަނޑުގެ ތެރޭގައި މީހަކަށް ހަމަލާދީގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 08:21 ހައިއިރު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ދެން"އަށް މައުލޫމާތު ދިން ގޮތުގައި، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައި ވެއެވެ. އަދި ވަރަށް ބައިވަރު ލޭ އެ ސަރަހައްދުގައި ހުރި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

Advertisement
Ooredoo — Truecaller (box)

މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް