Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަފްތާރެސް އާއިލާ ހަވީރާ އެކު ފޮނަދޫ ކުޑަ ކުދިންނަށް އީދެއް!

ހަފްތާރެސް އާއިލާ ހަވީރާ އެކު ފޮނަދޫ ކުޑަ ކުދިންނަށް އީދެއް!
ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ލ.ފޮނަދޫގައި ބޭއްވި އާއިލީ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މިއަދު ފޮނަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މި އާއިލީ ހަވީރަކީ، ޔޫތު މިނިސްޓްރީން ހަފްތާ ބަންދަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ހަފްތާ ރެސް" ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ހަވީރެކެވެ. މި ހަވީރުގައި ފޮނަދޫއާއި އެ ރަށާ ގުޅިފައި އޮންނަ ގަމުން ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. [caption id="attachment_131109" align="alignnone" width="1024"] މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިންވަނީ ބައިވެރިވެފައ.. ފޮޓޯ: ޝުޖާ[/caption] ކޮވިޑް-19އާ އެކު ބަންދުވެފައި އޮތުމަށް ފަހު، މިއީ ފޮނަދޫގައި މުޅި ރަަށަށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ ކުޑަކުދިންގެ ހަވީރެވެ. އާއިލާގެ އެންމެނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް މި ހަވީރުގެ ތެރެއިން ފުރުސަތު ލިބިގެން ދިޔަ ކަމަށް މި ހަވީރުގައި ބައިވެރިވި ފަރާތްތަކުން ބުނެއެވެ. [caption id="attachment_131112" align="alignnone" width="1024"] ގިނަ ދުވަސްތަކަކަށްފަހު އާއިލީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ކަމަށް ބައިވެރިން ބުނޭ.. ފޮޓޯ: ޝުޖާ[/caption]

މިހަވީރަށް ފޮނަދޫ މުއައްސަސާތަކުން ވަނީ ތަފާތުއެކި ކުޅިވަރާއި އިނާމު ލިބޭގޮތަށް ސްޓޯލްތަކެއް ތައްޔާރުކޮށްފައެވެ. މިގޮތުން، ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓޯލްއަކާއި، ފުލުހުންގެ ސްޓޯލަކާއި ކައުންސިލްގެ ސްޓޯލެއްގެ އިތުރުން، އިއްޔެ އެރަށުގައި ލޯންޗް ކުރި ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ޚާއްސަ "ތިކި" އެޕްލިކޭޝަންގެ ސްޓޯލެއް ހަވީރުގެ ތެރެއިން ފެނިގެން ދިޔައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ސްޓޯލެއް ވެސް ހުއްޓެވެ.

މި ހަވީރުގެ ތެރެއިން މުނިފޫހިފިލުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައިރު، އަތޮޅު ތައުލީމީ މަރުކަޒުގެ ބޮޑު ބެރު ގްރޫޕްގެ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

[caption id="attachment_131111" align="alignnone" width="1024"] ލ.އ.ތ.މ ގެ ބޮޑު ބެރު ގްރޫޕް.. ފޮޓޯ:ޝުޖާ[/caption]

ލ.އަތޮޅުގައި ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ޕްރޮގްރާމްގެ ތެރެއިން މިއަދު ހެނދުނު ރަށުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ނާސްތާއެއް ވަނީ ބާއްވައިފައެވެ. މީގެ އިތުރުން ޒުވާނުންނަށާއި، އެކި އުމުރު މީހުންނަށް ތަފާތު އެކި މައުލޫމާތު ދިނުމުގެ ޕްރޮގުރާމުތަކެއް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. 

Advertisement
Allied Insurance — Square (box)
https://dhen.mv/130811

ހަފްތާރެސް ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މާހައުލަށް ތަޢާރަފުކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް