Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތުއްތު ކުއްޖާގެ ލޮލުގެ ފެނުން ގެއްލިދާނެތީ ބޭނުން ވަނީ އަވަސް ފަރުވާ، ޢާއިލާއިން އެދެނީ އެހީއަށް

ތުއްތު ކުއްޖާގެ ލޮލުގެ ފެނުން ގެއްލިދާނެތީ ބޭނުން ވަނީ އަވަސް ފަރުވާ، ޢާއިލާއިން އެދެނީ އެހީއަށް

މި މަހު 16 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލޮލަށް ވަޅިއެއް ހެރި އަނިޔާ ލިބުނު ތ.ތިމަރަފުށީ އުމުރުން ހަތަރު އަހަރުގެ އިބްރާހީމް ލައިޝާންއަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭތީ ޢާއިލާއިން އެހީއަށް އެދިއްޖެއެވެ.

"ދެން"އާ ވާހަކަ ދައްކަމުން އިހްސާނާ އިބްރާހީމް ބުނީ ކުއްޖާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި  އެޑްމިޓްކޮށް ހޭނައްތައިގެން ޓެސްޓްތަކެއް ހެދި ކަމަށާއި އެއަށް ފަހު ލޮލުގެ އޮޕަރޭޝަން ކުރި ކަމަށެވެ. އޭގެ އަނެއް ދުވަހުގެ ޓެސްޓްތަކަށް ބަލައި ލޮލުގެ އެތެރެއަށް ގެއްލުންވެފައި ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އެހެންވެ ލޮލުގެ ފެނުން ގެއްލިދާނެތީ ވީހައި ވެސް އަވަހަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދިން ކަމަށް އިހްސާނާ ބުންޏެވެ.

އިބްރާހީމް ލައިޝާންއަކީ ތ.ތިމަރަފުށީ ދެމަފިރިއެއްގެ އެންމެ ހަގު ދަރިފުޅެވެ. ލައިޝާންގެ ވާތުލޮލަށް އަނިޔާވީ ވަޅިއެއް ބޭނުންކޮށްގެން އެހެން ކުއްޖަކާ އެކީ ދޮރުގެ ތަޅެއް ހުޅުވަން އުޅެނިކޮށެވެ. އިހްސާނާ ބުނީ އާންމު ގޮތެއްގައި ވެސް ވަޅިތައް ބަހައްޓަނީ އަވަނެއްގެ ދަށަށް ލައި ފޮރުވައިފައި ކަމަށާއި އެ ދުވަހު އެކަން ދިމާވީ ކުއްޖާގެ މަންމަ އެއްޗެއް ކޮށަން އުޅުމަށް ފަހު ބޭރަށް ނިކުތް ވަގުތުގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

<img class="alignnone wp-image-131261" src="https://cdn.dhen.mv/wp-content/uploads/2021/12/0008F64E-CC99-46B3-8075-BF434A878743-225x300.jpeg" alt="" width="341" height="455" />

ލައިޝާންއަށް އެހީވާން އެދޭ ފަރާތްތަކުން ކުއްޖާގެ މަންމަ އައިމިނަތު ލިއުސާނާ(ނަމްބަރު 7211033 / 7380188)އާ މުޢާމަލާތް ކުރެއްވުމަށް ޢާއިލާއިން އެދެއެވެ.

އެކައުންޓް ނަމްބަރު : 7701157481101 (ރުފިޔާ އެކައުންޓް- އައިމިނަތު ލިއުސާނާ - ކުއްޖާގެ މަންމަ)

7730000268292 (ޑޮލަރ އެކައުންޓް- މުހައްމަދު އިބްރާހިމްމަނިކު- ކުއްޖާގެ ބޮޑުބޭބެ)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް