އެކްޓްރެސްއަކަށް ވާން ބޭނުން ނަމަ ބަރުދަން ލުއި ކުރަން މަންމަ ބުނި: ސާރާ

އެކްޓްރެސްއަކަށް ވާން ބޭނުން ނަމަ ބަރުދަން ލުއި ކުރަން މަންމަ ބުނި ކަމަށް ސާރާ އަލީ ޚާން ބުނެފިއެވެ.
ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވީ 2018ވަނަ އަހަރު ނިކުތް ފިލްމު ކެދާރްނާތުއިންނެވެ. އެ ފިލްމަށް ބޮޑު ކުރިއެރުމެއް ސާރާ ވަނީ ހޯދާފައެވެ.
ސްކްރީނަށް ނުކުތުމުގެ ކުރިން އޭނާ ވަނީ ގާތްގަނޑަކަށް 45 ކިލޯ ލުއިކޮށްފައެވެ. ވަރަށް ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އެކްޓްރެސްއަކަށް ވާން ބޭނުން ނަމަ ބަރުދަން ލުއިކުރަން ޖެހޭނެ ކަމަށް އޭނާގެ މަންމަ ބުނި ކަމަށެވެ.
ސާރާ އަލީ ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ އާނަންދް އެލް ރާއީ ޑައިރެކްޓްކުރާ ފިލްމު "އަތަންގީ ރީ" އިންނެވެ. ދަނުޝްއާއި އަކްޝޭ ކުމާރު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ޑިސެމްބަރު 24 ގައި ރިލީޒްކުރާނީ ޑިޒްނީ ފްލަސް ހޮޓްސްޓާގައެވެ.