Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބަންދު ކުރުމަށްވުރެ ފަރުވާ ދިނުން މުހިންމު: ކްރިމިނަލް ކޯޓު

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބަންދު ކުރުމަށްވުރެ ފަރުވާ ދިނުން މުހިންމު: ކްރިމިނަލް ކޯޓު

މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަށް ވުރެ، އެމީހުން އެކަމުން ސަލާމަތްވުމަށް ފަރުވާގެ ފުރުސަތު ފަހިކޮށްދޭން ޖެހޭކަން ފާހަގަކޮށް، ކްރިމިނަލް ކޯޓުން މިއަދު ތިން މީހަކު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލި ތިން މީހުންނަކީ ވެސް އެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނެވެ. އެގޮތުން މިއަދު ދޫކޮށްލައިފައި ވަނީ އުމުރުން 18 އަހަރުގެ ދެ މީހުންނާއި 31 އަހަރުގެ މީހެކެވެ.

ފަރުވާ ހޯދުމަށް ފުރުސަތު ދީ މިއަދު ދޫކޮށްލި ތިން މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިއުތިރާފު ވެފައެވެ. އެގޮތުން 18 އަހަރުގެ ދެ މީހުން ވަނީ ކެނަބިސް ބޭނުން ކުރާ ކަމަށާއި ފަރުވާ ބޭނުންވާ ކަމަށް ވެސް ބުނެފައެވެ. މިއަދު ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތިއެވެ.

Advertisement
Allied — Dhen Online (box)

ގާޒީ އަލީ ނަދީމް ވަކިވަކިން ކުރެއްވި އަމުރުތަކުގައި ވިދާޅުވީ، އެ މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށާއި އެހެންކަމުން އެއީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް