Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭސީސީގެ މެންބަރުކަމަށް ހުޅުވައިލައިފި

އޭސީސީގެ މެންބަރުކަމަށް ހުޅުވައިލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް މިއަދު ރައީސް އޮފީހުން ހުޅުވައިލައިފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:30ގެ ކުރިންނެވެ.

Advertisement
Ooredoo — Square (box)

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމާއި، އިގުރާރު އަދި ކުށުގެ ރިކޯޑު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިހިނގާ ޑިސެމްބަރު މަހުގެ 29އާއި 30ވަނަ ދުވަހުގެ ހެނދުނު 9:30އިން 12:30އަށް ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ އަޝްރަފް ވެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވައިފައެވެ. މި މަހުގެ ދެވަނަ ދުވަހު އަޝްރަފް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި ވެސް މެންބަރަކު ހޯދުމަށް ވަނީ އިއުލާނު ކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި އަޝްރަފާއި ޝަކީލް އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަންގެ މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް