Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖޭގައި ބަނަފިނި އިތުރުވުމާއި އިންޑިއާއާ ގުޅިފައި، ސަމާލުވާން އެދިއްޖެ!

ރާއްޖޭގައި ބަނަފިނި އިތުރުވުމާއި އިންޑިއާއާ ގުޅިފައި، ސަމާލުވާން އެދިއްޖެ!

ރާއްޖޭގައި މި ދުވަސްވަރު ބަނަފިނި (ހޭޒް) އިތުރުވެފައިވާ ކަމަށާއި އެގޮތަށް އެކަން ދިމާވެފައިވަނީ، ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް، ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.

ހުޅަނގުން އިރު މައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސްވަރު، ހޭޒްގެ ސަބަބުން ދުރު ފެންނަ ވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން، އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުުރުވި ނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފައެވެ. މިއާ އެކު، ދަތުރުފަތުރު ކުރާ ފަރާތްތަކަށް، ދަތުރު ކުރުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ހޭޒްއަކީ ހިރަފުހާއި ކާރުޚާނާތަކުން އަރާ ދުންތައް އެއްވުމުން އުފެދޭ ފުސްކަމަށް ކިޔާނަމެކެވެ. ކާރުޚާނާތަކުގެ ސަބަބުން އިންޑިއާގެ ވައި ވަރަށް ބޮޑަށް ވަނީ ތަޣައްޔަރުވެފައެވެ. މިގޮތުން އިންޑިއާގެ ވެރިރަށަށް ޑެއްލީގެ ވައި ނުސާފުވެ، ސްކޫލުތަކާއި އޮފީސްތައް ވެސް މި މަސްތެރޭ ވަނީ ބަންދުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މެޓް އޮފީހުން ވިދާޅުވީ، ހޭޒްގެ އުދަނގޫ ޑިސެންބަރުން ފެށިގެން މާރިޗް މަހާ ހަމައަށް ކުރާނެ ކަމަށެވެ. އަދި ވާރޭ ފެން ރައްކާކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ނޭވާލާ ނިޒާމުގެ އުދަނގޫ ހުންނަ ފަރާތްތަކުން ޚާއްސަ ސަމާލު ކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް