Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޭސީސީގެ މެންބަރުން ވަކިކުރަން އުޅެނީ އުސޫލުން ބޭރުން!

އޭސީސީގެ މެންބަރުން ވަކިކުރަން އުޅެނީ އުސޫލުން ބޭރުން!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުން އެ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށައިފައި ވަނިކޮށް، މިހާރު ތިއްބެވި މެންބަރުން އުސޫލުން ބޭރުން ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި މަހުގެ 9ވަނަ ދުވަހު ފާސް ކުރީ އެކަށީގެންވާ ވަރަށް އެ މެންބަރުން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށެވެ.

އެގޮތުން އެ މެންބަރުން ވަކިކުރަން ކުރި މަސައްކަތުގެ ތެރޭގައި ދައުރުން ބޭރުން މިިދިޔަ ހަފްތާގައި ޖަލްސާއެއް ބާއްވައި އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފެށިކަން ތަޅުމުގައި ވަނީ އިއުލާންކުރުން ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް މިދިޔަ ހަފްތާގައި ދީފައިވާ އިރު، މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށް ޓަކައި ޖަވާބުދާރީވުމަށް ވަކި މުއްދަތެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދީފައި ވަނިކޮށް، އެ ކޮމިޝަންގެ އުސޫލާ ހިލާފަށް މެންބަރުން ކަންކަން ހިންގާ ކަމުގެ މައުލޫމާތު ލިބިގެން ކޮމިޓީގެ ތިން މެންބަރު ވަނީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މެންބަރުންގެ އެދުމުގެ މަތިން އޮންލައިންކޮށް ކޮމިޓީގެ ކުއްލި ޖަލްސާއެއް މިރޭ 8:00ގައި  ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް