ޚަބަރު ސިޔާސީ

ކަންފަތްމަތީ ޖެހުން މާނަ ކުރީ، ޖިސްމާނީ ގޮތުން ޖަހާ ވާހަކައެއް ނޫން:ފަލާޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ އެކީ ނުކުންނަ މީހުންގެ "ކަންފަތް މަތީގައި ޖަހަން ޖެހޭ" ކަމަށް ވިދާޅުވީ، ޖިސްމާނީ ގޮތުން ޖަހާ ޖެހުމަށް މާނަކޮށްފައި ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީން އިއްޔެ ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޕީ ފަލާހް ވިދާޅުވީ އިންޑިއާ އައުޓެކޭ ނުގޮވޭނެ ކަމަށާއި އެހެން ގޮވާ ކަމަށް ވާނަމަ، އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ނުހުއްޓުވޭނެކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހުގެ އެ ވާހަކަތަކުގެ ސަބަބުން އިދިކޮޅުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުގެ އިތުރުން، ބައެއް ފަރާތްތަކުން ބުނީ މެންބަރު ފަލާހު ވަނީ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގަން ގޮވައިލަައިފައި ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ވެސް އިދިކޮޅުގެ ފަރާތްތަކުން ގޮވައިލައިފައިވެއެވެ.

މިކަމާ ގުޅިގެން އޮންލައިން ނޫސް "ވަގުތު"އަށް މައުލޫމާތު ދެއްވަމުން މެންބަރު ފަލާހު ވިދާޅުވީ ކަންފަތް މަތީ ޖަހަން މާނަ ކުރެއްވީ އެއްވެސް ބަޔަކަށް އަނިޔާދީ ހަމަނުޖެހުން ހިންގުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ހިތްވަރު ދިނުމަކީ އޭނާ ކުރައްވާނެކަމެއް ނޫން ކަމަށެވެ.

Ads by Allied Insurance
  1. ވިލިގިލި

    މަރަންގޮވިޔަސް ބުނާނެ އެއީ ފުރާނަ ދުއްވާލާ ވާހަކެއްނޫންކަމާއި، ވިލިނގިލީ ބަހުރުވައިން މީހެއްގެ ގައިގައި އާއްބަ ކިޔުމަށްވެސް މެރުންކުރާކަމަށެވެ.

  2. ޢަވާމެނދުރު

    މޑޕ ގަވާހަކައޮޅުވާ އެވާހަކަޔަށްމަކަރުވެރިކަން ނުވަންދާ މީހަކުއުޅޭބާ

  3. ވަހީދުބ

    ކަލޭ ..މާ ކަންފަތްމަތީ ޖަހާ.ތިވަކަރުގޭ ދަރިއެއް

  4. އަލިބެއްޔާ

    މީނައަކީހަމަގުންޑާއެއް ވީމާމީނަގެހު ންނާނީ މިކަހަލަ ހިޔާލުކަންއެގޭ. މީނަގެމާޒީއަށްބަލާލަބަލަ. ރޫހާނީގޮތުން މީހެއްގެ ކަންފަތްމަތީގަ ޖަހާނީކިހެނެތްބާ؟