Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރާކަށް ނޫޅެން: އޭސީސީ

އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރާކަށް ނޫޅެން: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުން އެ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށައިފައި ވަނިކޮށް، މިހާރު ތިއްބެވި މެންބަރުން އުސޫލުން ބޭރުން ކަންކަން ކުރަމުންދާ ކަމަށް ކޮށްފައިވާ ތުހުމަތުތައް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދޮގު ކުރައްވައިފިއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި މަހުގެ 9ވަނަ ދުވަހު ފާސް ކުރީ އެކަށީގެންވާ ވަރަށް އެ މެންބަރުން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށެވެ.

އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް މިދިޔަ ހަފްތާގައި ދީފައިވާ އިރު، މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށް ޓަކައި ޖަވާބުދާރީވުމަށް ވަކި މުއްދަތެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދީފައި ވަނިކޮށް، އެ ކޮމިޝަންގެ އުސޫލާ ހިލާފަށް މެންބަރުން ކަންކަން ހިންގާ ކަމުގެ މައުލޫމާތު ލިބިގެން ކޮމިޓީގެ ތިން މެންބަރު ވަނީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފައެވެ.

މިކަމާ ބެހޭ ހަބަރެއް ހިމެނޭ ޓްވީޓަކަށް ރައްދު ދެއްވަމުން އޭސީސީގެ ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެވޭނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"ގަނޑުކޮށް މައްސަލަ ބަލާކަށް ނޫޅޭ. އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ، ނުވެސް ކުރެވޭނެ،" ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ މެންބަރުން އެމަގާމުތަކުން ވަކިކުރަން ކުރި މަސައްކަތުގެ ތެރޭގައި ދައުރުން ބޭރުން މިިދިޔަ ހަފްތާގައި ޖަލްސާއެއް ބާއްވައި އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފެށުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް