Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުން ދުއްވާއިރު ސީޓްބެލްޓު އަަޅަން އަންގައިފި

ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުން ދުއްވާއިރު ސީޓްބެލްޓު އަަޅަން އަންގައިފި

އަންނަ އަހަރުން ފެށިގެން ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުޅަނދުގެ ކުރީ ސީޓުގައި އިންނަ ފަރާތް ސީޓްބެލްޓް އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން އަންގައިފައި ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުޅަނދުގެ ކުރީ ސީޓުގައި އިންނަ ފަރާތް ސީޓްބެލްޓް އެޅުމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 01 ޖަނަވަރީ 2022ވަނަ ދުވަހުން ފެށިގެން، އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ޤަވާއިދުގެ ދަށުން ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ހަތަރު ފުރޮޅުލީ އުޅަނދުގައި ދަތުރު ކުރާމީހުން ސީޓްބެލްޓު އެޅުމުގެ ކަންކަމާ މެދު ވިސްނަވަމުން ގެންދާ ކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް