ޚަބަރު

އަވަގުރާނަ ގޮވިކަމަށް ބުނެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުން ނަޝީދު ބޭރުކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޖިލީހުގެ އިދާރާގެ ވަޓްސްއެޕް ގްރޫޕެއްގައި އަވަގުރާނަ ގޮވިކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެ ގްރޫޕުން ބޭރުކޮށްފިއެވެ.

Ads by Sosun Fihaara

މިއީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން މެންބަރަކު ބޭރުކުރި ފުރަތަމަ ފަހަރެވެ.

ވަޓްސްއެޕް ގްރޫޕުން މޮސްޓާ ބޭރުކޮށްފައި ވަނީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ މަންމައަށް ނިސްބަތްކޮށް އައަގުރާނަ ގޮވުމުންކަމަށް މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ނިއުޝާ “ދައުރު”ނޫހަށް ބުނެފައިވާ ކަމަށް އެ ނޫހުން ހާމަކޮށްފައި ވެއެވެ.

އެ ގްރޫޕުން މޮސްޓާ ބޭރުގެ ކުރުމުގެ ކުރިން މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނިއުޝާ ފޮނުވި މެސެޖެއް "ދައުުރު" ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އެ މެސެޖުގައި ވަނީ މޮސްޓާ ބޭރުކުރަން ނިންމި ސަބަބު ބަޔާންކޮށްފައެވެ. މިގޮތުން ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ހިންގަމުން އަންނަ އެ ގްރޫޕަކީ މަޖިލީހުގެ އިދާރާގެ އެންގުންތައް އެންގުމަށް ހަދައިފައިވާ ގްރޫޕެއް ކަމަށާއި މެންބަރު ނަޝީދުގެ އަމަލުތައް ހުންނަ ގޮތުން ގްރޫޕުގެ މަޤްސަދު ގެއްލޭ ކަމަށެވެ. އަދި ތަކުރާރުކޮށް ބޭއަދަބީ ބަސްތައް މެންބަރު ނަޝީދު ބޭނުން ކުރައްވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނަޝީދު ބޭރުކޮށްލުމަށް ނިންމައިފައި ވަނީ، ގިނަ މެންބަރުންގެ އެދުމުގެ މަތިން ކަަމަށް ވިދާޅުވުމަށް ފަހު ، ގްރޫޕުން އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

  1. ސަރީފް

    ތިގޮތައްމިގައުމުން އިންޑިއާސިފައިންވެސް ބޭރުކޮޢލަދީބަލަ ވ.ސަލާމް