ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ވިދާޅުވީ، މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު، 2021 ޑިސެންބަރު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ ފުލުސް މީހާއަށް ބިރު ދައްކައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. މިމައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައި ވަނީ 23 ޑިސެންބަރުގައެވެ.
ފުލުހުން މިއަދު އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވައިލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.






ކޮމެންޓް