Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑރ. އިޔާޒްގެ ރައްދު ޝަހީމަށް: އެއްބަސްވުންތަކުގައި ދީނާ ޚިލާފް އެއްވެސްކަމެއް ހުރި ނަމަ އެކަމެއް ދައްކާ

ޑރ. އިޔާޒްގެ ރައްދު ޝަހީމަށް: އެއްބަސްވުންތަކުގައި ދީނާ ޚިލާފް އެއްވެސްކަމެއް ހުރި ނަމަ އެކަމެއް ދައްކާ

ޢަދާލަތު ޕާޓީއިން އިސްލާމީ އަސާސްތަކާ ޚިލާފްވާކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓަކަށް އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ރައްދު ދެެއްވައިފިއެވެ.

ޑރ. އިޔާޒް ޓެގް ކުރައްވައި، ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރުގެ އަސްކަރީ ބާރަކުން ރާއްޖޭގައި ދެމިތިބެން ތަރުހީބުދޭ މޭރުމުން ދައްކައިފައިވާ ވާހަކަތައް އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާއިން އެންޑޯޒް ކުރުމަކީ އެ ޕާޓީގެ އިސްލާމީ އުސޫލުތަކަށް ވެވޭ ޚިޔާނާތެއް ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ މާތް ﷲގެ ރަހްމަތާ އެކު ޢަދާލަތު ޕާޓީން އިސްލާމީ އުސޫލުތަކާ ޚިލާފު ނުވާނެ ކަމަށާއި އިންޑިޔާއާ އެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގައި އިސްލާމްދީނާ ޚިލާފް އެއްވެސް ކަމެއްވާ ނަމަ އެކަން ފާހަގަކޮށްދިނުމަށް އެދޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަންފާއަށް ޕީޕީއެމްއިން ކުރިޔަށް ގެންދާ އެއްވެސް އަސާސެއް ނެތް ކެމްޕޭނެއް ކަމަށް ޢަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ޢަލީ ޒާހިރު ވިދާޅުވީ ދެވަނަ ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާބޯޓު ގެނައުމުގެ ހުރިހައި އެއްބަސްވުމެއް ހެދީ ކުރީގެ ސަރުކާރުން ކަމަށެވެ. އަދި އުތުރު ތިލަފަޅު އިންޑިއާއިން ހެދުމުގެ މަޝްރޫގެ މަޝްވަރާތަށް ފެށިފައި ވަނީ 2013ވަނަ އަހަރު ކަމަށް ވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް