ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

އަނގައިން މަޑު ރާގެއް ކުޅެލަމުން ބަދިގެ ތެރޭގައި އޭނާ ހަރަކާތްތެރިވަމުން ދިޔައެވެ. އެކި ކަބަޑުތައް ހުޅުވަމުން އޭނާ ބޭނުންވާނެ ސާމާނުތައް އެއްކުރަމުން ދިޔައެވެ. އެވަގުތު ގޭގެ ބެލް އަޅައިލިއަޑު އިވި މުސްކާން ކުޑަކޮށް ބޯއަރިކޮށް ބަދިގެ ދޮރުން ބޭރުބަލައިލިއެވެ. ހީވިގޮތެއްކަމަށް ނިންމައި އަލުން މަސައްކަތައް އެނބުރިލި ވަގުތު އަނެއްކާވެސް ބެލް އެޅި އަޑު އިވުނެވެ. މިހައި ހެދުނާ ކާކު ބާއޭ ހިތަށް އެރުމާއެކު ނިތަށް ރޫތައް ޖަމާވެލިއެވެ. ހަޑިވެފައިވި ދެއަތްތިލަ ދޮވެލަމުން މުސްކާން ބަދިގެއިން ނުކުތެވެ. އަދި ދެޚިޔާލެއްގައި ހުރެ އައިސް މަޑުމަޑުން ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ފުޅާ ހިނިތުންވުމަކާއެކު ހުރި ހިމަތޮޅި، ދޮން އަންހެންކުއްޖާ ފެނުމުން އޭނާ ސުވާލުއުފެދޭ ގޮތްވިއެވެ. މުސްކާން ފެނުމުން އެއަންހެންކުއްޖާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެލިއެވެ. ކުޑަކޮށް ކޮރައިލަމުން މުސްކާންގެ ފަހަތުން ގޭތެރަށް ނަޒަރު ހިންގައިލިއެވެ. އަދި ފޯނުގައި އޮތް އެޑްރެސްއާ އެޕާރޓްމަންޓް ނަމްބަރަށް ބަލައިލިއެވެ. އެއަށްފަހު ސުވާލުގެ ނަޒަރަކުން އަނެއްކާވެސް މުސްކާންގެ މޫނަށް އެކުއްޖާއަށް ބަލައިލެވުނެވެ.

Ads by Hajj Corporation

"ރުހައިމް.. އެބަ އުޅޭތަ..؟" ފާޑަކަށް މުސްކާނަށް ބަލަން ހުރެ އެކުއްޖާ އަހައިލިއެވެ. ސުވާލުއުފެދިފައި ހުރިފަދަ ގޮތަކަށް މުސްކާން ބޯޖަހައިލީއެވެ. އެއާއެކު އެކުއްޖާގެ ތުންފަތްމަތިން ފައުޅުވެލީ ފުޅާ ހިނިތުންވުމެކެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމާއެކު މުސްކާންއަށް ބަލައިލިއެވެ. އަދި ނިތްއަރުވައިލުމާއެކު މޫނަށް ޖައްސައިލި ވައްތަރުން އެއިޝާރާތް ކުރަނީ ކުރިމަތިން އެއްފަރާތްވުމަށްކަމަށް ވިސްނި މުސްކާން ދުރަށް ޖެހިލިއެވެ.

"އޫޝް.." ފަހަތުން އިވުނު ކާއިލްގެ އަޑާއެކު މުސްކާން އެނބުރި ބަލައިލިއެވެ. ކާއިލްގެ އަޑުއިވުމުން އޫޝާގެ މޫނުމަތީގައިވި ހިނިތުންވުން ފުންވެލިއެވެ. އަތްދަބަހުގެ ވާގަނޑު ރަނގަޅުކޮށްލަމުން އޭނާ އެތެރަށް ވަނެވެ. ލަސްލަހުން ގޭގެ ދޮރު ލައްޕައިލަމުން މުސްކާން ވެސް އޭނާގެ ފަހަތުން ވަނެވެ.

"މުސް.. މީ އޫޝާ އިނގޭ.. އަހަރެމެންގެ ވަރަށް ގާތް އެކުވެރިއެއް.." ހިނިއައިސްފައި އޫޝާއަށް ބަލައިލަމުން ކާއިލް ބުނެލިއެވެ. އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޫޝާ ވާހަކަދައްކަން ފެށިއެވެ. ހީވާގޮތުން މުސްކާން އެއީ ކާކުކަން އެނގެން އޭނާގެ އެއްވެސް ޝައުގެއް ނެތެވެ.

"ހައިމް ނެތީތަ" ވަށައިގެން ގެއަށް ނަޒަރު ހިންގައިލަމުން އޫޝާ އަހައިލީ ކާއިލް ގާތުއެވެ. އެހުރިހައިއިރު އޭނާއަށް ބަލަހައްޓައިގެން މުސްކާން ހުއްޓެވެ. އޫޝާގެ ގޮތް އެނގެން ބޭނުންވެފައި ހުރިހެންނެވެ. އެހެނަސް އޫޝާގެ އެއްވެސް ސަމާލުކަމެއް މުސްކާންއަށް ހުއްޓޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އެދެލޯ އެހެން ސޫރައެއް ދުށުމަށް ބޭޤަރާރުވެފައިވާ ފަދައެވެ. ހިނިއައިސްފައި ކާއިލް ދެފަރާތަށް ބޯހޫރައިލިއެވެ. އަދި އޫޝާ ގާތުގައި ސޯފާގައި އިނށީނުމަށް އެދުނެވެ.

"ހައިމް އަދި ނުހޭލާ.. އެހައި އަވަހަށް ހޭލާނެހެނެއް ހިއެއްނުވޭ.." މުސްކާންއަށް ނަޒަރެއް ދެމުން ކާއިލް ބުންޏެވެ. ފޫހިކަން އޫޝާގެ މޫނަށް ވެރިވިއެވެ. ތުންފިއްތައިލުމާއެކު އެތަނުގައި އިތުރަށް މަޑުކުރުމުގެ ޚިޔާލު އޭނާ ދޫކޮށްލީއެވެ. ކާއިލް ގާތުގައި ހަވީރުން ރުހައިމް ގޭގައި އުޅޭނެތޯ އޭނާ އެއްސެވެ. އާނއެކޭބުނެ ކާއިލް ބޯޖަހައިލުމާއެކު ދަނީކަމަށް ބުނަމުން އޫޝާ ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ. ހަވީރުން އަދި އަންނާނަމޭ އޭނާ ބުނެލީ ދޮރު ހުޅުވައިލަމުންނެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ހިނިތުންވުމަކުން ކާއިލް ފުއްދައިލީއެވެ.

ރުހައިމްއަށް ހޭލެވުނީ މުސްކާން އޭނާގެ އިންތިޒާރުގައި ކޮޓަރީގެ ސޯފާގައި އިންދައެވެ. ދެލޯހުޅުވައިލި ރުހައިމް ފެނި އިންތަނުން ތެދުވަމުން ހެނދުނުގެ ސަލާމް މުސްކާން ކޮށްލީ ނުހަނު ލޯބިންނެވެ. ހިނިތުންވެލަމުން އެނދުން ތެދުވުމަށް ރުހައިމް އުޅުނެވެ. ގާތަށް ޖެހިލަމުން ރުހައިމްއަށް މުސްކާން އެހީވިއެވެ. އަދި އަތުގައި އޮތް ފޯނުން އަރުންއަށް ގުޅައިލަމުން ރުހައިމް ތައްޔާރުވުމަށް އެހީވެލަން އަންނަން އެދުނެވެ. އިރޮކޮޅެއް ނުވަނީސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އަރުން މަޑުމަޑުން ދޮރުހުޅުވައިލިއެވެ. އެއާއެކު އަތުން އެތެރަށް އައުމަށް އިޝާރާތް ކޮށްލަމުން އިންތަނުން މުސްކާން ތެދުވިއެވެ. ރުހައިމް ލާނެ ޓީޝާޓަކާއި ސޯޓެއް ހެދުން އަލަމާރިން ނެގުމަށްފަހު ސޯފާގައި ބާއްވައިލަމުން މުސްކާން ކޮޓަރިން ނުކުތެވެ.

ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު ކޮންމެ މީހެއްގެ ދުލުކުރީގައިވެސްވީ މުސްކާންއަށްޓަކައި ތަޢުރީފުގެ ބަސްތަކެވެ. އޭނާގެ ކެއްކުން އެންމެނަށް ނުހަނު ކަމުދިޔައެވެ. ފަޚުރުވެރިކަން ރުހައިމްގެ މުޅި ނަފުސު ވަށައިލީ އޭނާގެ އަނބިމީހާއަށް އަމާޒުކޮށް އިވެމުންދިޔަ ބަސްތަކުންނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތާ ކުޅެލީ ބޭއިޚުތިޔާރުގައެވެ. އެވަގުތު އެއްޗެއް ހަނދާންވި މީހަކު ފަދައިން އޫޝާ އައި ވާހަކަ ކާއިލް ބުނެލިއެވެ. ކާއިލްގެ ޖުމުލައާއެކު މުސްކާންވެސް ރުހައިމްއަށް ބަލައިލިއެވެ. އޫޝާގެ ނަން އިވުމާއެކު ރުހައިމްގެ މޫނުން ފައުޅުވެލީ ނުތަނަވަސްކަމެވެ. އެއްވެސް އެއްޗެއް އެކަމާއި ވިއްދަން ބުނާކަށް އޭނާ ގަސްދެއް ނުކުރިއެވެ. ހަމަހިމޭންކަމުގައި އިނދެ ސައިބޮއެ ނިންމައިލީއެވެ. ރުހައިމްގެ ފުށުން ފެނުނު އަމަލުތަކުން މުސްކާންގެ ހިތަށް ނުތަނަވަސްކަން ވެރިވީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނުވިސްނުނެވެ.

* * * * *

"ވަޓް.. ބައްޕައަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ނުވެސް ދަންނަ މީހަކާ މުސްކާން ދެވިއިރު ބައްޕަގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރިތަ؟" ހިތްހަމަނުޖެހިފައި އިންތަނުން ތެދުވަމުން ލުހާމް އަހައިލިއެވެ. މުސްކާންގެ ކައިވެނީގެ ޚަބަރު މުހުސިން ދިނީ ހެނދުނުގެ ސައިބޯން ތިބި ވަގުތުއެވެ. ލުހާމްގެ ފުށުން ފެނުނު ނުރުހުމުން މުހުސިންގެ ހިތަށް އެއްވެސް އެއްޗެއް އެރިހެނެއް ހިއެއް ނުވެއެވެ. އިވުނު ޚަބަރުން ޒުލޭހާވެސް އިނީ މޭނުބައިކުރާގޮތް ވެފައެވެ. މުސްކާން ގާތުގައި އެގެއިން ނުކުމެގެން ދާން އޭނާ ބުނީ އެފަދައިން މާނަ ކޮށްފައެއް ނޫނެވެ. މުސްކާން ނެތުމުން ގޭގެ ހުރިހައިކަމެއްހެން ކުރަން ޖެހޭނީ އޭނާއަށްކަން ޒުލޭހާއަށް އޮޅިފައެއް ނެތެވެ. ދީމްގެ ފުށުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަން އެއީ އޭނާއަށް އެނގި ޔަގީންވާކަމެކެވެ. މޫނު ފުސްކޮށްލުމާއެކު ޒުލޭހާ ތުންއަނބުރައިލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.

"ލުހާމް އެބުނީ މުޅިއަކުން ދޮގެއްވެސް ނޫން.." އެއްޗެއް ނުބުނެ ކެތްނުވުމުން އެންމެ ފަހުން ޒުލޭހާވެސް ލުހާމްއާ އެއްބައިވެލިއެވެ.

"މުސްކާންއަށް އެގޮތްވެސް މާ ރަނގަޅު.. އާން.. މި ހުރަގޭގަ ދިރިއުޅުން ވޭތިކުރުމަށްވުރެ އެގޮތްވެސް މާހިތަށް ފަސޭހަވާނެ.. މިތަނުގަ އޭނާއަށް ހެޔޮއެދޭ އެކަކުވެސް ނެތް.. ލުހާމް ވެސް އެކުއްޖާގެ މަޖުބޫރީ ހާލަތުގެ ފައިދާން ނަގަން މަސައްކަތްކުރިއިރު އެގޮތް އެންމެ ރަނގަޅު ދޯ.. އެއްފަހަރުވެސް އެކަމުން އެފަކީރުގެ ހިތަށް އަސަރުކުރާނެވަރު އެކަކުވެސް ވިސްނާލިތަ؟ ޒުލޭހާވެސް އޭނާއަށް ހަދަނީ ހަދާނެ ގޮތެއް.. އަހަރެން ދައްކާ ވާހަކައެއް އެކަކުވެސް ގަބޫލުކުރިތަ؟ އެހެން ނޫނަސް މީ އަހަރެންގެ ނިންމުމެއް ނޫން.. މީ މުސްކާން އަމިއްލަ އަށް ނިންމި ނިންމުމެއް.. އެ ފިރިހެން ކުއްޖާއަކީ މުސްކާން ދަންނަ އޭނާ އިތުބާރުކުރާފަދަ ޒުވާނެއް.. އެކަމުގަ އެއްވެސް ގޯހެއް އޮތް ކަމަކަށް އަހަރެން ނުދެކެން.. މިއަދުން ފެށިގެން އެކަކުވެސް މުސްކާންގެ އެއްވެސް މައުލޫމާތެއް ހޯދަން މަސައްކަތްކޮށްގެން ނުވާނެ.. އެއީ ތިއިން އެކަކާވެސް ބެހޭ މީހެއްނޫން.. ޒުލޭހާވެސް އުޅުނީ އޭނަ މިގެއިން ނުގޮސްގެނެއްނު.. މުސްކާންއާ ހެދި އުނދަގޫވާތީއެއްނު.. މިއަދު އަހަރެން ހީކުރަން ޒުލޭހާ ތިއިނީ ވަރަށް އުފަލުންކަމަށް.. ލައްކަ ގިނަ ދުވަހު ކުރި ދިގު އިންތިޒާރަށް ނިމުން އަތުވެއްޖެ ވިއްޔަ.." ދެބުމަ ގޮށްޖަހައިލަމުން ފަހަރަކު މީހަކަށް ބަލައިލުމަށްފަހު މޭޒުދޮށުން މުހުސިން ތެދުވިއެވެ. އަދި އެއްވެސް މީހަކަށް އޭނާއާ ދެކޮޅަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ކާކޮޓަރިން ނުކުތެވެ. ދަތްކުނޑި ވިކައިލުމާއެކު ލުހާމަށް ދެއަތްތިލަ މުށްކަވައިލެވުނެވެ. ނުވެސް އެނގި ހުއްޓައި އޭނާގެ މަޅިން ސަލާމަތްވެގެން އެފަދައިން މުސްކާން ގޮސްފާނޭ އޭނާ ހިއެއްނުކުރެއެވެ. ސައިބޯހިތް ކެނޑުމުން އެތަނުގައި މަޑުނުކޮށް ލުހާމްވެސް ނުކުތީއެވެ. މޫޑު ޚަރާބުވެފައި ހުރުމުން އޭނާ ބޭނުންވީ ކުޑަ ވަގުތުކޮޅަކަށް ބޯހަމަޖައްސައިލާށެވެ. ލައިގެންހުރި ޖިންސުގެ ޖީބުން ފޯނު ނެގުމަށްފަހު މީހަކަށް ގުޅައިލަމުން އޭނާ ގެއިން ނުކުންނަން މިސްރާބުޖެހިއެވެ. މުހުސިން އެހެން ބުންޏެއްކަމަކު މުސްކާން ވީ ތަނެއް ނުހޯދައި ހުރުމުގެ ނިޔަތެއް ލުހާމްގެ ނެތެވެ. ކޮންމެވެސް ގޮތަކުން އޭނާ އެހުރިހައިކަމެއް އޮޅުންފިލުވަން ނިންމިއެވެ.

* * * * *

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ފެންވަރައިގެން ނުކުމެ އޫޝާ ތައްޔާރުވަމުން ދިޔައީ ރުހައިމްއާ ބައްދަލުކުރަން އެގެއަށް ދާން ބޭނުންވެފައި ވުމުންނެވެ. ރުހައިމް އަށް ކަމުދާނެހެން ހީވާ ކުލައެއްގެ ކުރު ޓޮޕްކޮޅެއް ނެގުމާއެކު ލަދުރަކި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ތައްޔާރުވަމުން ދިޔައިރު ކުރީގެ އެކި ހަނދާންތައް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައީ އެހިތަށް ބަޔާންކުރަންދަތި އުފައުވެރިކަމެއް ގެނުވަމުންނެވެ. އެންމެ ފަހު ކަމަށް ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން އެއްފަރާތުގައި އަތްދަބަސްތައް އަޅުވައިފައިހުރި ސްޓޭންޑް އިން ހެދުމާއި ގުޅޭނެފަދަ ކުޑަ ދަބަހެއް ނަގަމުން އޭނާ ކުރިއަށް ހިނގައިގަތީ ހިތް އަވަސްވެފައި ހުރެއެވެ. އޭނާ ފެނުމުން ރުހައިމްގެ އަމަލުތައް ހުންނާނީ ކިހިނެއްބާއޭ ހިތަށް އަރަމުންދިޔައެވެ. ކާއިލް ފަދައިން ރުހައިމްވެސް ހަމަ އެހައި އުފާވާނެބާއެވެ. އެހައި ދުވަސްފަހުން ބައްދަލުވެދާނެކަމަށް ހީކޮށްފާނެބާއެވެ. ނޫނީ އޭނާ މަތިން އަނެއްކާ ރުހައިމް ހަނދާން ހުންނާނެހެއްޔެވެ. ހަމަގައިމުވެސް އެހިތުން ރުހައިމްގެ ނަން އެންމެ ހިނދުކޮޅަކަށްވެސް ފިލައިނުދާކަން ޔަގީނެވެ.

ރުހައިމްގެ ޚިޔާލުތަކުގައިހުރެ އެމީހުން ދިރިއުޅޭ އެޕާރޓްމަންޓްގެ ދޮރުކުރިމަތީގައި މަޑުކޮށްލަމުން އޫޝާ ބެލް އަޅައިލިއެވެ. މިފަހަރު ދޮރުހުޅުވީ އަރުންއެވެ. އަރުންއަށް ފަރުވާކުޑަ ނަޒަރެއް ދެމުން އޫޝާ އެތެރަށް ވަނެވެ. ސޯފާގައި ހިނިއައިސްފައި އިން ރުހައިމް އެދެލޮލުގައި އަޅައިގަތީ އެހިނދުއެވެ. ރުހައިމްއާ ދާދި ގާތުގައި އިން މުސްކާން ފެނުމުން އޫޝާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ. ނަމަވެސް ނުހަނު އަވަހަށް ހިތަށް ވެރިވި ފޫހިކަމުގެ އަސަރުތައް ފޮރުވައިލަމުން ފުޅާ ހިނިތުންވުމަކާއެކު ރުހައިމްއަށް ގޮވައިލިއެވެ. އޫޝާގެ އަޑުއައި ދިމާއަށް ރުހައިމް މޫނު އަނބުރައިލީ ޔަގީން ނުވެފައި އިނދެއެވެ. ދެވަނަ ފަހަރަށްވެސް ރުހައިމްއަށް ގޮވައިލުމާއެކު ބަލާކަށް ނުހުރެ އޭނާ އައިސް ރުހައިމްގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވެލަމުން އޭނާގެ ދެއަތް ރުހައިމްގެ ކަނދުރާގައި ވަށައިލުމަށްފަހު އެހަށިގަނޑުގައި ބައްދައިލިއެވެ. ފެނުނު މަންޒަރުން މުސްކާންގެ ނިތަށް ރޫތައް ޖަމާވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އޯ ހައިމް... އައި މިސްޑް ޔޫ ސޯ މަޗް... އަޅެ ހައިމް ކުޑަކޮށްވެސް އަހަރެން މަތިން ހަނދާން ނުވޭތަ؟ ހާދަވަރަކަށް އަހަރެން ގުޅީމޭ.. އެކަމަކު އެންމެ ކޯލަކަށްވެސް ޖަވާބެއް ނުދޭ.. ފަހުން ފަހުން އައިސް ފޯނަށް ނުވެސް ގުޅޭ... ކިހާ ދުވަހެއް މިވީ.. އެއްފަހަރުވެސް އަހަރެންގެ ހާލު ބަލާލަންވެސް ހައިމްގެ ހިތަށް ނޭރި ދޯ.." ރުހައިމްގެ ގައިގައި ބައްދައިލައިގެން އިނދެ ހިތުގައިވި ޝަކުވާތަށް އޫޝާ ބޭރުކޮށްލިއެވެ. ޝޮކެއްލިބިފައި އިން މީހަކުފަދައިން ރުހައިމް އިނީ ގުޑިލަންވެސް ހަނދާން ނެތިފައެވެ. ބުނާނެ އެއްޗެއްވެސް އެސިކުނޑިއަކަށް ނުވިސްނުނެވެ.

އޫޝާގެ ބަސްތަކުން އަސަރުކުރީ މުސްކާންގެ ހިތަށެވެ. ރުހައިމްގެ އަނތްބަކަށްވެ ހުރެ އޭނާއަށް ނުލިބުނު އުފަލެއް އެހެން އަންހެނަކު ހޯދާތަންފެނި މުސްކާންއަށް އިސްޖަހައިލެވުނެވެ. ހިންދިރުވައިލުމާއެކު އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ލޯބިވާ ފިރިމީހާގެ އަތުތެރޭގައި އެހެން އަންހެނަކު ވާތަން ދެކެން ކެތްވާނީ ކާކަށް ހެއްޔެވެ؟ އުނދަގޫ ގޮތަކަށް މުސްކާން ރުހައިމްއާ ދުރަށް ޖެހިލިއެވެ. މުސްކާންގެ އަތުގައި ހިފައިގެން އިން ރުހައިމްއަށް އެކަން އިހުސާސުވުމާއެކު ތެޅިގަތެވެ. ހުއްޓިފައިވި ސިކުނޑި މަސައްކަތްކުރަން ފެށި ކަހަލައެވެ. މުސްކާންގެ އަތުގައި ހިފައިގެން އިން އަތް ނޫން އަނެއް އަތުން މަޑުމަޑުން އޫޝާގެ ގައިގައި ހިފައި އޭނާއާ ދުރުކޮށްލިއެވެ. އޭރު މުސްކާންގެ ގަނޑު ފެންކޮޅެއްހައި ފިނިވެފައިވި އަތްތިލައަށް ރުހައިމް ބާރުކޮށްލައިގެން އިނީ އޭނާގެ ގާތުން ދުރަށް ދިއަނުދިނުމަށްޓަކައެވެ. އޫޝާގެ އެއަމަލުން ކާއިލްވެސް އިނީ ފާޑަކަށެވެ. ސޯފާތަކުގެ ފަހަތުގައި ހުރި އަރުންވެސް ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.

ރުހައިމް ދުރުކޮށްލުމާއެކު ޝަކުވާގެ ނަޒަރަކުން އޫޝާ އެފިރިހެންވަންތަ މޫނަށް ބަލައިލިއެވެ. އަދި ވަށައިގެންތިބި މީހުނަށް ބަލައިލަމުން މަޢާފަށް އެދުމަށްފަހު އިންތަނުން ތެދުވިއެވެ. ފަނޑު ހިނިތުންވުމެއް ކާއިލްއަށް ހަދިޔާކޮށްލުމާއެކު ރުހައިމްއާ ޖެހިފިތިގެން ކަހަލަ ގޮތަކަށް އޫޝާ އިނށީނެވެ. އޫޝާ އުޅެމުންދިޔަގޮތުން މުސްކާން އިނީ އުނދަގޫވެފައެވެ. އެތަނުން ދާން ބޭނުންވިއަސް ރުހައިމް އޭނާއަށް އެ ފުރުސަތު ދޭން ބޭނުންނުވާ ފަދައެވެ. ތުންފިއްތައިލުމާއެކު މުސްކާންއަށް ތުންފަތް ހަފައިލެވުނެވެ. ކައިވެންޏަށް އެންމެ ދުވަހެއްވެސް ނުވަނީސް މިވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އޫޝާގެ ހަގީތަށް އެނގެން ބޭނުންވެފައި މުސްކާން ވިއެވެ. ނަމަވެސް އެންމެން ތެރޭގައި އިސްވެ އެފަދަ ސުވާލެއް ކުރާނެހައި ހިތްވަރެއް އޭނާގެ ނެތެވެ.

ސޯފާގައި އިނށީދެ ރުހައިމްއާ ގާތްވެލިވަގުތު އަނެއްފަރާތުގައި ގުޅުވައިލެވިފައިވި މުސްކާންގެ އަތްތިލަ އާއި ރުހައިމްގެ އަތްތިލަ އޫޝާގެ ލޮލުގައި އަޅައިގަތެވެ. ނިތްއަރުވައިލަމުން އޭނާ ލަސްލަހުން މުސްކާންގެ މޫނަށް ދެލޯ އަމާޒުކޮށްލިއެވެ.

"ހޫ އިޒް ޝީ.." މުސްކާންއަށް ނިސްބަތްކޮށް އޫޝާ އަހައިލިއެވެ. އެފުރުސަތަށް އިންތިޒާރުކޮށްގެން ރުހައިމް އިން ކަހަލައެވެ. ލުއި ހިނިތުންވުމެއް ރުހައިމްގެ ތުންފަތަށް ވެރިވުމާއެކު މުސްކާން އިން ދިމާއަށް އޭނާގެ މޫނު ކުޑަކޮށް އަނބުރައިލިއެވެ. އެއަތްތިލައަށް ފިތައިލަމުން ރުހައިމް ގެނެސް އޭނާގެ އުނގުމަތީގައި ބާއްވައިލިއެވެ. ގަބޫލުނުކުރެވިފައި ފަހަރަކު މީހަކަށް އޫޝާ ބަލައިލީ ރުހައިމް އެފަދައިން ކަންތައް ކުރުމުންނެވެ.

"މީޓް މައި ވައިފް... މުސްކާން.." ހިނިތުންވުން ފުންވެލުމާއެކު ރުހައިމް ބުނެލީ ފަޚުރުވެރި ރާގަކަށެވެ. އިވުނު ޚަބަރާއެކު އިންތަނުން އޫޝާއަށް ތެދުވެވުނީ ސިހުނު ވަރުންނެވެ. ކުޑަކޮށްވެސް އުއްމީދު ނުކުރާފަދަ ބަސްތަކެއް ރުހައިމްގެ ދުލުން ބޭރުވުމުން ގަބޫލުކުރުން އޭނާ އަށްވީ ދަތިކަމަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ދުލުގައި ތަޅެއްލެވުމާއެކު ފުރަތަމަ ފަހަރަށް ފުން ނަޒަރަކުން މުސްކާންއަށް އޫޝާ ބަލައިލިއެވެ. ހިތުގައި ހަސަދައިގެ އޮއެވަރެއް އުފެދުމާއެކު އޫޝާއަށް ހިންދިރުވައިލެވުނެވެ.

(ނުނިމޭ)

Ads by HDC
  1. މުސްކާން

    ވ ރީތި މާކުރުކަމަށް ފާހަގަވޭ

  2. ��

  3. ކޮބާ ފަންސަތިރީސް ވަނަ ބައި

    • އަދި މީ 24ވަނަ ބައި34ވަނަ ބައި ގެނެސްދީފަ ދެން ގެއްނާނީ ނުނިމެއްޔާ 35 ބައި.މާއަވަހަށް ފަންސަތިރީސް ވަނަ ބައި ތިހޯދަނީދޯ

  4. ކުއްޖާ

    ދެން އަވަހަށް ފަނި ވައްޓާ

  5. ޥަރަށް ރީތި