Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއްވެސް ޚިދުމަތެއް ހުއްޓުމެއްނެތި ކުރިއަށްދާނެ: އެޗްޑީސީ

އެއްވެސް ޚިދުމަތެއް ހުއްޓުމެއްނެތި ކުރިއަށްދާނެ: އެޗްޑީސީ

މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނަމަވެސް އެޗްޑީސީން ދެމުންގެންދާ އަސާސީ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރިކަމަށް އަންގާ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ނިންމަވާފައިވާ ނިންމެވުމާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ބިންތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށެވެ.

މި މައްސަލަ ބައްލަވައިދެއްވުމަށް އެދި މިހާރު ވާނީ ކަމާއިބެހޭ މުވައްސަސާތަކަށް ހުށަހަޅާފައިކަމަށާއި، އަދި ހުޅުމާލެ ފޭސް 1 އަދި 2 އަކީ މި ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިކަމަކަށް ވެފައި، މި ސަރަހައްދުތައް ބެލެހެއްޓުމަށް ގިނަ ޙިދުމަތްތަކެއް ދެމުންގެންދާ ސަރަހައްދުތަކެއް ކަމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނައިސް، އަދާ ކުރަންޖެހޭ އެއްމެހާ ޒިންމާތަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް ވެސް އެޗްޑީސީން ވަނީ އަރުވާފައެވެ.

Advertisement
Allied — Dhen Online (box)

އަދި ޤާނޫނާއި ޤަވައިދުތަކާއި ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރި ނުވުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އިލްތިމާސެއްކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް