ދުނިޔެ

ޕީއެސްޖީގެ ތަރި މެސީ ކޮވިޑަށް ފައްސި، ހާލު ރަނގަޅު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފޯވާޑް ލިއޮނެލް މެސީއާއި އިތުރު ތިން ކުޅުންތެރިން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ޕީއެސްޖީން ބުނެފިއެވެ.

Ads by WAMCO

މެސީއާ އެކު ދެން ކޮވިޑަށް ފައްސިވި ކުޅުންތެރިންނަކީ ޑިފެންޑަރު ހުއާން ބެރްނާޓްއާއި ބެކްއަޕް ގޯލްކީޕަރު ސާޖިއޯ ރިކޯއާއި މިޑްފީލްޑަރު ނަތަން ބިޓުމަޒަލާއެވެ. ޕީއެސްޖީން ބުނީ އެ ހަތަރު ކުޅުންތެރިން މިހާރު ތިބީ އެކަހެރިކޮށްފައި ކަމަށާއި، އެ ހަތަރު ކުޅުންތެރިން ވެސް ތިބީ އެކަށީގެންވާ ސިއްހީ ޕްރޮޓޮކޯލްތަކަށް ފެތޭ ގޮތަށް ކަމަށެވެ.

ފްރެންޗް ކަޕްގެ ރައުންޑް އޮފް 32 ގައި ޕީއެސްޖީން ހޯމަ ދުވަހު ވަންނެސްއާ ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. މިދިޔަ އޮގަސްޓް މަހު ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު ފަހުން މެސީ ވަނީ ލީގުުގެ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ނިމިދިޔަ ނޮވެމްބަރު މަހު މެސީ ވަނީ އޭނާގެ ހަތް ވަނަ ބެލޮން ޑިއޯރ ޗެމްޕިއަންކަން ހޯދައިފައެވެ.

މީގެ ކުރިން 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރު ވެސް ބެލޮން ޑިއޯރ އެވޯޑް ހޯދީ މެސީއެވެ.

ފަރަންސޭސިވިލާތުން 24 ގަޑިއިރުގެ ތެރޭގައި 219،126 މީހުން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ އެ ޤައުމުން ޖެހިޖެހިގެން 2 ލައްކައަށް ވުރެ ގިނަ މީހުން ކޯވިޑް-19އަށް ފައްސިވެފައިވާ ހަތަރުވަނަ ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!