ޚަބަރު ސަރުކާރު

އަޒުމު ކަނޑައަޅަންވީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަމާ އެކު ގައުމު ގެންގޮސްދޭން: އިމްރާން

  • ހުރަވީ ދުވަހުގެ ހިޠާބުގައި ގައުމިއްޔަތު ރައްކާތެރިކުރަންޖެހޭކަމަށް އިމްރާން ވިދާޅުވި
  • އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވި
  • ހުރަވީ ދުވަހުގެ ތަހުނިޔާ ރައީސަށާއި ރައްޔިތުންނަށް ފޮނުއްވި
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިއަދު އަޒުމު ކަނޑައަޅަންވީ ދިވެހިރާއްޖެ މި އޮތް މިނިވަންކަމާއި އިސްތިގުލާލާ އެކު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށްކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިމްރާން މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހު ދެއްވި ހިޠާބެއްގައެވެ. މި ހިޠާބުގައި އިމްރާން ވިދާޅުވީ ހުރަވީ ދުވަސް ފަދަ ގައުމީ ދުވަސްތައް ފާހަގަކުރެވިގެން ދާއިރު ހުރިހާ ގައުމީ އަބުޠާލުންގެ ޒިކުރާތައް އައުކޮށް އެބޭފުޅުން ގައުމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ގައުމީ ދުވަސްތައް އައުކުރެވިގެން ދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށްޖެހުމަށް ޓަކައި ތިމާގެ ދައުރަކީ ނުވަތަ ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ޓަކައި ތިމާއަށް ކޮށްދެވޭ ކަންކަން ކުރުމަކީ ކޮންމެ މުއާތަރެއްގެ ޒިންމާއެއްކަމަށް އިމްރާން ވިދާޅުވިއެވެ.

"އާދެ! ދިވެހި ގައުމިއްޔަތުގެ އެންމެ މަތީ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާ، ދިވެހި ބަހާ ދިވެހި ތާރީހާ ޘަގާފަތް. މިކަންކަން ދިރުވާ އާލާކުރުމުގައި ކޮންމެ ފަރުދެއްގެ ބޮޑު ޒިންމާއެއް އޮވޭ" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައުމީ ބަހާތައް ދިރުވާ އާލާކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމާ ނުލައި އަންނަން އޮތް ޖީލުތަކާ ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގުލާލާ އެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިއަދު އެންމެން ވެސް އަޒުމު ކަނޑައަޅަންވީ ގައުމިއްޔަތު އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންގޮސްދޭން، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާ އެކު ދިވެހި ގައުމިއްޔަތުގެ މިނިވަންކަމާއި އިސްތިގުލާލު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރަމުން މިދާ ހުރަވީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައިފައެވެ.

ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ ޖުމާދިލްއާހިރާ މަހުގެ ތިންވަނަ ދުވަހުއެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1400ވަނަ އަހަރެވެ. މިއަދު މި ފާހަގަ ކުރަނީ 43 ވަނަ ހުރަވީ ދުވަހެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ހާދިސާއާއި ގުޅިގެންނެވެ. ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީ ފަހުން މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން)ނާއި އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

Ads by Ooredoo
  1. ބްރޯ

    ކަލޭގެ އަމާ ފުޔޭ ނުކިޔަބަލަ! ގައުމެއްގެ މިނިވަނޭ ބުނެވޭބަހުގެ މާނައަކީ އެގައުމެއްގެ ކަނތައްތައް އެއްވެސް ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ކުރަން ބޭނުންވާ ކަންތައް ކުރުން!!
    ރުނޑިޔާ އިންޑިޔާ ބުނާ ފްލައިޓްތައް ޖެއްސިފަ އޯކޭ ނުދޭ ފްލައިޓް ނުޖެއްސުމަކީ މިނިވަން ކަމެއް ނޫން!!
    ތިޔައީ އަހަރުމެން ކުރިމަތީގަ ވެއްޔަށްވުރެ އަގު ދަށް ރަނޑާލިއެއް!!