Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްފުއްޓަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލަރުން މަޝްވަރާކުރައްވައިފި

ދިއްފުއްޓަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލަރުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި އެ ރަށަށް މުހިންމު މަޝްރޫޢޫތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިއްފުށީ ކައުންސިލްގެ މެމްބަރުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިން ހިއްކުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ލެބޯޓްރީގެ ޚިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭ ގޮތުންނާއި ރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާކަމާއި އަދި މި ނޫން ވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްފުށީ ބިން ހިއްކައި ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ޙިއްޞާކުރައްވައިފައެވެ.

އެގޮތުން ބިން ހިއްކާއިރު ގިރާ  ސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެ މަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ޙިއްޞާ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް