ދުނިޔެ

ވެކްސިން ނުޖަހާ މީހުން އަތުން ކެނެޑާގައި ފައިސާ އަތުލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނެޑާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޕްރޮވިންސްކަމަށްވާ ކިއުބެކްއިން ކޮވިޑް-19 ވެކްސިން ޖެހުމަށް ދެކޮޅު ހަދާ ބޮޑެތި މީހުންނަށް "ހެލްތް ކޮންޓްރިބިއުޝަން"ގެ ނަމުގައި ޓެކްސްއެއް ނަގަން މަޝްވަރާކުރަން ފަށައިފިއެވެ.

Ads by WAMCO

ސިއްހީ ސަބަބުތަކަށް ޓަކައި ވެކްސިން ނުޖެހޭ ފަރާތްތައް ނޫން، އިތުރު ސަބަބުތަކާ ހުރެ ވެކްސިން ޖަހަން އުޒުރުވެރިވާ މީހުންގެ އަތުން މި ޓެކްސް ނަގަން ނިންމައިފައިވާ އިރު، ޓެކްސްގެ ގޮތުގައި ނަގާނެ އަދަދުތައް ފަދަ ތަފްސީލްތައް މިހާރުދަނީ މަޝްވަރާ ކުރެވި ނިންމަމުންނެވެ. ނަމަވެސް 100 ޑޮލަރަށް ވުރެ މަތިން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ފިނޭންސްއިން ހާމަކުރެއެވެ.

ވެކްސިން ނުޖަހާ މީހުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް ބައެއް ސަރުކާރުތަކުން އަޅައިފައިވީ ނަމަވެސް، ޓެކްސްގެ ގޮތުގައި ފައިސާ ނަގާ މިއީ ފުރަތަމަ ފަހަރެވެ.

ކެނެޑާގެ އެކި ޕްރޮވިންސްތަކުން ދަނީ ކޮވިޑް-19ގެ ވޭދަނަތައް އިންތިހާއަށް އިތުރުވެ، އެތައް ހާސް ބަޔަކު އެކަހެރިކުރުމަށް މަޖުބޫރުވެ، ސިއްހީ ދާއިރާއަށް ބުރަ ބޮޑުވަމުންނެވެ.

ކިއުބެކްއަކީ ކޮރޯނާވައިރަސްގެ ވޭދަނަތައް ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރަމުން އަންނަ އެއް ޕްރޮވިންސެވެ.

"ވެކްސިނަކީ ވައިރަހާ ހަނގުރާމަ ކުރުމުގެ ތަޅުދަނޑި. އެހެންވެ ސިއްހީ ނޫން ސަބަބުތަކަށް ޓަކައި ވެކްސިން ދޭން ދެކޮޅު ހަދާ ބޮޑެތި މީހުންނަށް ސިއްހީ ކޮންޓްރިބިއުޝަނެއް ހޯދަން މި އުޅެނީ،" އެ ޕްރޮވިންސްގެ މޭޔަރު ލެގޫލްޓް ވިދާޅުވިއެވެ.

ލެގޫލްޓް ވިދާޅުވީ، އެ ޕްރޮވިންސްގައި ވެކްސިން ނުޖަހާ 10އިންސައްތަ މީހުން ތިބި ނަމަވެސް، އިންޓެންސިވް ކެއަރ ޔުނިޓްތަކުގައި ތިބި މީހުންގެ ގާތްގަނޑަކަށް 50އިންސައްތަ ހިއްސާކުރަނީ އެމީހުން ކަމަށެވެ.

ހޯމަ ދުވަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ކެނެޑާގެ ޝަރުތު ހަމަވާ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޮވިޑް ވެކްސިން ޑޯޒް ފެޑެރަލް ސަރުކާރުން ކަށަވަރު ކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ހަތަރުވަނަ ޑޯޒް ވެސް ލިބިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!