އެޑްވަޓޯރިއަލް ވިޔަފާރި

ދިރާގުގެ އިލްތިމާސް: ގޭގައި ތިބެގެން ފަސޭހަކަމާ އެކު ހިދުމަތްތައް ހޯއްދަވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާ އެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާ އެކު ދިރާގުގެ ޚިދުމަތްތައް ހޯދެއްވުމަށް ދިރާގު "މައިއެކައުންޓް" ، ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކޮށްފިއެވެ.

Ads by MWSC

އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތަށް އެޕްލައިކޮށް، އަދި ދިރާގުގެ އެކި  ޚިދުމަތްތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.

އަދި ހަމައެހެންމެ ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާ އެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާ އެކު އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ވެސް އެ އެޕްލިކޭޝަނުން ކޮށްލެވޭނެއެވެ.

މީގެ އިތުރުން މުޅިން އަލަށް ދިރާގުގެ ޚިދުމަތަކަށް އެދި  ކަސްޓަމަރުން [email protected]އަށް އީމެއިލް  ކުރުމުން ފަސޭހަކަމާ އެކު ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތަށް މިހައިތަނަށް ރެޖިސްޓަރ ކޮށްފައި ނުވާ ކަސްޓަމަރުން މި ލިންކު މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުން ނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން ވެސް އަމަލު ކުރުމަށެވެ.  ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!