Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޓޮންގާގެ ފަރުބަދައެއް ގޮވައި ސުނާމީއެއް އަރައިފި

ޓޮންގާގެ ފަރުބަދައެއް ގޮވައި ސުނާމީއެއް އަރައިފި

ކަނޑުގެ އަޑިން ފަރުބަދައެއް ގޮވުމުގެ ސަބަބުން ޓޮންގާގެ ވެރިރަށަށް ސުނާމީއެއް އަރައިފިއެވެ.

މި ސުނާމީގެ ސަބަބުން ޕެސިފިކްގެ އެހެން ރަށްތަކަށް އެމެރިކާއިން ވަނީ އެޑްވައިޒަރީތައް ނެރެ، އެ ރަށްތަކުގައި ދިރިއުޅޭ މީހުން މަތީ ބިންތައް ހޯދުމަށް ސަމާލުވުމަށް އަންގައިފައެވެ.

ޕެސިފިކްގެ ރަށެއް ކަމަށްވާ ޓޮންގާއަށް ހޮނިހިރު ދުވަހު ބޮޑު އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ސުނާމީއެއް އަރައި، ވެރިރަށް ނުކޫއަލޫފާގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

Advertisement
Allied — Dhen Online (box)

އެމެރިކާގައި ގާއިމްކޮށްފައިވާ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނާ ގޮތުގައި މި ރާޅުގެ އުސްމިން ނުކުއަލޫފާގެ 2.7 ފޫޓު (83 ސެންޓިމީޓަރު)އަށް އަރައެވެ. މި ހާދިސާގައި މުދަލަށް ލިބުނު ގެއްލުމެއް ނުވަތަ މީހުންނަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތެއް އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ހަންގާ ޓޮންގާ-ހަންގާ ހާޕާއީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޮޑެތި ދުމުގެ ވިލާތަކާއި ޝޮކްވޭވްތައް ވަނީ ފެތުރިފައެވެ.

ނިއުޒިލޭންޑާ ދުރު ހިސާބުތަކުގައިވާ މީހުންނަށް ވެސް މި ފަރުބަދަ ގޮވުމުގެ އަޑުތައް ވަނީ އިވިފައެވެ. ޓޮންގާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސުނާމީ ވަނީ އެރަށުގެ އައްސޭރިފަށަށް އަރަން ފަށައިފައެވެ.

ޓޮންޔާގެ ގިނަ ބަޔަކު އުސް ބިންތަކަށް ދިޔުމަށް މަސައްކަތް ކުރަމުންދާތީ ޓޮންޔާގެ ރަސްގެފާނު ތޫޕޫ ހައެއް ވަނީ ޝާހީ ގަނޑުވަރުން ބޭރުކޮށް އެކަހެރިކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް