ދެވަނަ ޓާމުގެ ކިޔެވުން ފެށިއިރު ހުރިހާ ސްކޫލުތަކަށް ވެސް މުދައްރިސުން ހަމަކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފެށުނުއިރު ހުރިހާ ސްކޫލުތަކަށް ވެސް މުދައްރިސުން ހަމަކުރެވިފައިވާ ކަމަށެވެ. ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ މުދައްރިސުން ވެސް އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުން ބައެއް މުދައްރިސުންނަށް ފުރަތަމަ ދުވަހު ސްކޫލަށް ހާޒިރު ނުވެވިދާނެކަމަށް އާތިޔާ ވިދާޅުވިއެވެ.
މީގެ ކުރިން ބިދޭސީ މުދައްރިސުން ރާއްޖެ ގެނެސް ސްކޫލުތަކަށް ފޮނުވުމުގައި ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްތަކެއް ކުރި ނަމަވެސް އާތިޔާ ވިދާޅުވިގޮތުގައި މިފަހަރު މުދައްރިސުންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ގިނައިން ކުރީ ސްކޫލުތަކުންނެވެ. އަދި އެމަސައްކަތް ސްކޫލުތަކުން ކޮށްފައި ވަނީ ވަރަށް ފުރިހަމައަށްކަން މިނިސްޓްރީއަށް ފާހަގަކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި މުދައްރިސުން ވީހާ ވެސް އަވަހަކަށް އެ ސްކޫލެއް ހުންނަ ރަށްތަކަށް ދިޔުމަށް އެޑިއުކޭޝަނުން އެންގި އެންގުމާ ގުޅޭ ގޮތުން އާތިޔާ ވިދާޅުވީ އެކަމުގައި އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުމެއް ލިބުނުކަ މަށެވެ. އާތިޔާ ވިދާޅުވީ އެއްވެސް މުދައްރިސަކަށް ވެސް އަދި ދަރިވަރަކަށް ވެސް އަނބުރާ ރަށަށް ދިޔުމުގައި ނުވަތަ ދަތުރުފަތުރު ކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ނުވަތަ ސްކޫލަކަށް ވެސް އަންގައިފައި ނުވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެޑިއުކޭޝަނުން ވަނީ ހާއްސަ އުސޫލުތަކެއް މިސަރަހައްދުގެ ސްކޫލުތަކަށް ކަނޑައަޅައިފައެވެ. އެގޮތުން ސްކޫލަށް ހާޒިރުވެގެން ދަރިވަރުންނަށް ކިޔަވައިދޭނީ ދެ ދުވަހުކަމަށް މިނިސްޓްރީން ކަނޑައެޅިއެވެ. އަދި ސްކޫލުން ބޭނުންވާ ނަމަ ފަސް ދުވަހު ވެސް ކިޔަވައިދެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އާތިޔާ ވިދާޅުވީ މިއުސޫލު ކަނޑައެޅީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކަމަށެވެ. އަތޮޅުތެރޭގެ ސްކޫލުތަކުގައި ހަފްތާގެ ފަސް ދުވަހު ފުލް ސެޝަންގައި ކިޔަވައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑަށް ފައްސިވާ ދަރިވަރުންނާއި މުދައްރިސުންނަށް އަނބުރާ ސްކޫލަށް ހާޒިރު ވެވޭނީ ބަލިން ރަނގަޅުވުމުން އެކަން އަންގައި އެޗްޕީއޭއިން ދޭ ހާއްސަ ލިޔުމެއް ދެއްކުމުންނެވެ. މިފިޔަވަޅު ހުރިހާ ސްކޫލެއްގައި ވެސް ތަންފީޒު ކުރާނެކަމަށް އާތިޔާ ވިދާޅުވިއެވެ.
ހުސް ދޮގު. މާލޭ ޒޯނުގެ ސްްކޫލްތަކުން ހުރަވީ ސްކޫލަށް ބަދަލުވި ޓީޗަރުންނަށް އަދި ޓީޗަރުން ހަމައެއް ނުވޭ. ޖަމާލުއްދީން ސްކޫލްގެ ފިޒިކްސް ޓީޗަރު ކޮބާ؟ އިސްކަންދަރު ސްކޫލް ގެ ކެމިސްޓްރީ ޓީޗަރެއް ނެތް
ކޮންހާ ދޮގެއް ހަދާކަށް ކަލޭމެންނަށް ދޮގު ނަހަދާ އެއްވެސް ވާހަކައެއް ހަމަ ނުދެއްކެނީތަ؟
އެހެންވެ ތާ ސުޕަރވިޝަން ހަދަން މިޖެހެނީ ނިކުންން ޓީޗަރުން. ކޮބާ ރާއްޖެއިންބޭރުން އައި ޓީޗަރުން. ކަރަންޓިންގަވެސް ނެތީދޯ. ހުސް ފުލޯކް ވާހަކަ ކިތައްކިލާސް އޮންލައިންކޮށް މިހާރުވެސް ނަގަނީ. އެޗްޕީއޭވެސް ފެއިލްވަނީ މިއެޑިއުކޭޝަން ކެޔޮޅުންނާހެދި.
ތެދެއް ހަދާބަ އެއްފަހަރުވެސް. 26 ޓީޗަރުން މަދު މި ސްކޫލުގަ ހަމަ އެކަނި. ނުކުންނަ ޓީޗަރުން މިތިބެނީ ގޭނިފަ.