Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ

ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ

އަނިޔާވެރިކަމާ އެކު ޤަތުލުކޮށްލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މާދަމާ ކުރިމިނަލް ކޯޓުން ހުކުމްކުރަން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ޙުކުމް އިއްވުން ތަޢާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:00އަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމައިލީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ބްލޮގަރ ޔާމީން ރަޝީދު މަރައިލިތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ހަރައި މަރައިލައިފައި ވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލައިފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލައިފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް