ވާގިނެތި، ހަތަރު އަހަރު ވަންދެން ވާހަކަ ނުދެއްކި ހުރި މީހަކު ކޮވިޑް ވެކްސިން ޖެހުމުން ރަނގަޅުވެއްޖެ
- އޭނާގެ ވާގި ނެތިފައިވާ ފައި ހަރަކާތް ކުރަން ފެށީ ކޮވިޝީލްޑް ވެކްސިން ޑޯޒް ޖެހުމުން ކަމަށް ރިޕޯޓްތައް ބުނޭ
ބޮކާރޯގައި މީގެ ހަތަރު އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި ވާގިނެތި، އަޑު ގެއްލިފައިވާ އުމުރުން 55 އަހަރުގެ ފިރިހެނަކު ކޮވިޝީލްޑް ވެކްސިން ޖެހުމުން ވާހަކަ ދެކެވި ހަށިގަނޑު ހަރަކާތް ކުރެވެން ފަށައިފިއެވެ.
އޭއެންއައި އިން ބުނާ ގޮތުގައި ބޮކާރޯގެ ސަލްގާދިހް ވިލެޖުގެ ޑުލާޗަންދު މުންޑާ ނަމަކަށް ކިޔާ އެ މީހާ ކޮވިޑުޝީލްޑް ޑޯޒް ނެގީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެ ޑޯޒް ނެގުމަށް ފަހު ވާގިނެތިފައި އޮތް އޭނާގެ ދެފައި ހަރަކާތް ކުރެވެން ފެށި ކަމަށް ވަނީ ބުނެފައެވެ.
ވެކްސިން ޖެހިތާ މާ ގިނަ އިރެެއް ނުވެ އޭނާއަށް ވާހަކަ ދެކެވެން ފެށުނު ކަމަށާއި ވެކްސިން ޖެހުމަށް ފަހު ގެޔަށް ދިޔައީ ވެސް ހިނގައިފައި ކަމަށް ޑުލާޗަންދު ބުންޏެވެ. މިކަމުގެ ސަބަބުން ސިއްހީ އޮފިޝަލުންނަށް ކުއްލި ސިހުމެއް ލިބި، ބަލިމީހާގެ މެޑިކަލް ހިސްޓްރީ މިހާރު ދަނީ ގާތުން ބަލަމުންނެވެ.
މިކަމާ ގުޅިގެން ސިވިލް ސާޖަން ޑޮކްޓަރު ޖީތެންދުރަ ކުމާރު ބުނީ، މި ކަމަކީ ހައިރާން ކުރުވަނިވި ކަމެއް ކަމަށާއި ސައިންސްވެރިން މިކަން އޮޅުންފިލުވާ ދޭން ޖެހޭ ކަމަށެވެ.
"މިކަން ފެނުމުން ވަރަށް ހައިރާންވި. އެކަމަކު އެކަން ސައިންސްވެރިން އޮޅުން ފިލުވައިދޭން ޖެހޭނެ. ވެކްސިން ނެގުމަށް ފަހު 4 އަހަރުވަންދެން ޕެރެލައިޒް ވެފަ އޮތް މީހެއްގެ ސިއްހީ ހާލަތު ކުއްލިއަކަށް ރަނގަޅުވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން" އޭނާ ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން ޕެޓާވަރު ހެލްތު ސެންޓަރު ހިންގުމާ ހަވާލުގެން ހުރި އަލްބެލް ކެރްކެޓާ ބުނީ މެޑިކަލް ވޯލްޑުން ޑުލާޗަންދު މުންޑާގެ ބައްޔާއި އޭނާގެ ބަލި ފަސޭހަވުމާ ބެހޭ ދިރާސާތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށެވެ.
ﷲގެވާގިފުޅާއި މިންވަރުފުޅު އެންމެ ޔަޤީން ދިރާސާ އިތުރަށް ބުނާނެ އެއްޗެއްނެތް. ޢިބްރަތް ލިބިގަތުން އޮތީ