ޚަބަރު ޝަރުޢީ ދާއިރާ

އަނބިމީހާ މަރައިލަން އުޅުނުކަމުގެ ތުހުމަތު އުފުލިފައިވާ ފިރިހެނަކު ދޫކޮށްލީ ގޯސްކޮށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހައި ކޯޓ/ ފޮޓޯ: ސަން

ނ. ލަންދޫގައި ފިރިހެނަކު އޭނާގެ އަނބިމީހާއަށް ގެވެެށި އަނިޔާކޮށް، މަރައިލަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުއްޓައި، ބަންދުން ދޫކޮށްލަން ލަންދޫ ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

Ads by STELCO

ލަންދޫއަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް މިދިޔަ އަހަރު ވަނީ، އޭނާގެ އަނބިމީހާއަށް ގެވެށި އަނިޔާކޮށް، މަރައިލާނެކަމަށް ބުނި ކަމުގެ ތުހުމަތު އުފުލިފައެވެ.

މިކަމާ ގުޅިގެން އޭނާއާ ދެކޮޅަށް އެ ރަށު ކޯޓުން ވަނީ، ގެވެށި އަނިޔާ އިން ރައްކާތެރިކުރުމުގެ އަމުރެއް ވެސް ނެރެފައެވެ. ނަމަވެސް އެ އަމުރު ނެރުނުތާ ކުޑަ އިރުކޮޅެއް ތެރޭގައި ފިރިހެންމީހާ ވަނީ އަންހެންމީހާ ދިރިއުޅުނު ގެއަށް ގޮސް ކޯޓު އަމުރު އިރައިލައިފައެވެ.

އެ މައްސަލައިގައި އެ ފިރިހެން މީހާ ހައްޔަރުކޮށް، ފަހުން ދައުވާ ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރުކުރިއެވެ. ނަމަވެސް ބަންދު މުރާޖައާ އަޑުއެހުމެއްގައި މި މަހު 2ގައި ލަންދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފައެވެ.

ލަންދޫ ކޯޓުގެ އެ ނިންމުން ދައުލަތުން ހަައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!