މަރައިލައިފައިވާ މީހުންނާއި، ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ސީނިއާ ރިސާޗް އޮފިސަރެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ކޮންޓްރެކްޓް އުސޫލުން އެއް އޮފިސަރަކު ހޯދަން ރައީސް އޮފީހުން އިއުލާންކުރީ ބުރާސްފަތި ދުވަހުއެވެ. މިމަގާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި 6،295 ރުފިޔާ އަދި ސާވިސް އެލެވެންސްގެ ގޮތުގައި 2،000 ރުފިޔާ، ހާއްސަ އެލެވެންސްގެ ގޮތުގައި 2،832 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ލިވިން އެލެވެންސާ އެކު މަހު މުސާރައިގެ ގޮތުގައި 13،500 އެއްހައި ރުފިޔާ މިމަގާމަށް ހޮވޭ ފަރާތަކަށް ލިބޭނެއެވެ.
މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށްފައި ވާން ޖެހެއެވެ. އަދި މަގާމާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއަށް ވުރެ މަތީ ސަނަދެއް އޮންނަ ންވެސް ޖެހެއެވެ. އަދި އިނގިރޭސިއާއި ދިވެހި ބަހުން ބްރީފް ތައްޔާރުކުރުމުގެ އިތުރުން ވާހަކަ ދައްކަން ވެސް އެނގެން ޖެހެއެވެ.
މިމަގާމަށް ހޮވޭ ފަރާތަކުން ޖެހޭނީ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން، ރިސަރޗް ހެދުމާއި އެ މައްސަލަތަކުގެ ބްރީފް ތައްޔާރުކޮށް، މިކަންކަމާ ގުޅޭ ގޮތުން ފޮނުވަން ޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފޮލޯއަޕްހަދައި ބެލެހެއްޓުމުގެ އިތުރުން ޑޭޓާބޭސް ސެޓްއަޕްކޮށް ބެލެހެއްޓުމާއި މެނޭޖްކުރާށެވެ.
މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ ރައީސް އޮފީހަށެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. އިތުރު މައުލޫމާތާއި ފޯމު ރައީސް އޮފީސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.