ޚަބަރު ސަރުކާރު

މަރު ކޮމިޝަނަށް ރިސަރޗް އޮފިސަރަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މަރައިލައިފައިވާ މީހުންނާއި، ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނަށް ރިސަރޗް އޮފިސަރަކު ހޯދުމަށް ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލްކަން ސާބިތުކޮށްދިނުމާ އެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4(ސެޓްފިކެޓް 4)ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން ރިސާޗް ކުރުމާއި އެނަލިޓިކަލް ރިސާޗް ރިޕޯޓުތަކާއި ބްރީފްތައް ތައްޔާރުކުރުމާއި، އަމިއްލައަށް މަސައްކަތްތައް ރާވައި ހިންގުމުގެ ޤާބިލުކަންހުރި، މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި، ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ޤާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕްރޮގްރާމުތައް ބޭނުންކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިމަގާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި 6,295 ރުފިޔާ ކަނޑައަޅާފައިވާ އިރު އެލަވަންސްތަކާ އެކު ޖުމްލަ 13,627.75 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، ރައީސް އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަ ކުރާ މަޢުލޫމާތު ފޯމާއެކު، 2 ފެބުރުވަރީ ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!