Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ޔާމީނަކަށް ދެން ވެރިކަމަކަށް ނާދެވޭނެ، އައުޓް ކޮށްލާނަން: ޝިޔާން

ރައީސް ޔާމީނަކަށް ދެން ވެރިކަމަކަށް ނާދެވޭނެ،  އައުޓް ކޮށްލާނަން: ޝިޔާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ސަބަބުން އެމަނިކުފާނުގެ ބުއްދި ފިލައި ގޮސްފައިވާ ކަމަށާއި ރާއްޖޭގެ ވެރިކަމަށް އެ މަނިކުފާނަށް ދެން ނާދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.

ޝިޔާން މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް އެ ދާއިރާގައި ހިމެނޭ މަރޮށްޓަށް ވަޑައިގެން، ރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝިޔާން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ކުޑަ ދުވަސްކޮޅަކު އޮންނެވުމުން އެމަނިކުފާނުގެ ބުއްދި ފިލައިފައިވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ދިވެހި ރައްޔިތުންނަށް 20 ބިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށާއި އިންޑިއާއެއް ދިވެހިރާއްޖެއިން އައުޓް ނުވާނެ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

“ރައީސް ޔާމީން ޖަލުގައި ކުޑަ ދުވަސްކޮޅަކު އޮތުމުން އެހެރީ ބުއްދިފިލައިގޮސްފަ. ޢިއްޒަތްތެރި މެންބަރު ވަހީދު ވިދާޅުވީ ރަނގަޅަށް ކަހަމުން ކަހަމުން ކަހަމުން ގޮސް ޔާމީނުގެ ރޮނދި ވަނީ ކެނޑިފައި. ރޮނދި ކީއްކުރަން ނަރު ވެސް ކެނޑިފައި. ޔާމީނަކަށް ދެން ވެރިކަމަކަށް ނާދެވޭނެ. ޔާމީން އައުޓްކޮށްލާނަން” ޝިޔާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ލިބި ރާއްޖޭގެ ވިޔަފާރިތައް ބާރަށް ކުރިއަރަނީ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި މަރޮއްޓަށް އައިސްފައިވާ ބަދަލު ވަރަށް ސާފުކޮށް ފެންނަ ކަމަށާއި އެ ބަދަލުތައް ގަބޫލު ނުކުރާ ރައްޔިތަކު ނުހުންނާނެ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. 

“ރާއްޖޭގެ ހަމަ އިސްކޮޅަށް ތެދުވެ، މިނިވަން މަސައްކަތްތެރިންނަށްވެ، ރާއްޖޭގައި ވިޔަފާރިތައް ބާރަށް ކުރިއަރަމުން ގޮސްފައި މިއޮތީ ހަމަ ސާފު ސީދާ އެމްޑީޕީ ސަރުކާރުގެ ސަބަބުން. އެމްޑީޕީން ކުރި މަސައްކަތުގެ ސަބަބުން. އެ މަސައްކަތް ގަބޫލު ނުކުރާ ރައްޔިތަކު ނުހުންނާނެ. އަޅުގަނޑު ހަމަ ޔަގީން ކަށަވަރު."

ޝިޔާން ވިދާޅުވީ ކުރިޔަށް އޮތް ދެ އަހަރާއި އަދި 2023ގެ ފަހުން އަންނަ ފަސް އަހަރުގައި ވެސް ވެރިކަން ކުރާނީ އެމްޑީޕީން ކަމަށާއި އެ ސަރުކާރާ އެކު މުޅި ދިވެހިރާއްޖެ އެއްކޮށް ބަދަލުކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރާނެ ހިތްވަރާއި ބުންވަރު އެމްޑީޕީގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ.

މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީހެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އަލްއުސްތާޛު މޫސާ ފަތުހީ އާދަމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް