ވިޔަފާރި

"ސަވާދީއްތަ ދަތުރު" ޔޮޓް ރެލީގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ސަވާދީއްތަ ދަތުރު"ގެ ނަމުގައި ބާއްވާ ޔޮޓް ރެލީގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

މި ރެލީއަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން އެމްއައިޓީޑީސީގެ ފަރާތުން މި އަހަރު ބާއްވާ ރެލީއެކެވެ.

ސަވާދީއްތަ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފައި ވަނީ، އެކަމަށްޓަަކައި ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގެ ތެރޭގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި، ޕާޓްނާޝިޕް އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. ދިރާގުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ މި ރެލީ ތިން ހަފްތާއަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން ހއ.އިން ފެށިގެން ބ. އަތޮޅާ ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކަށާއި ހަތަރު ފަޅުރަށަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.

ސަވާދީއްތަ ދަތުރު ބާއްވަނީ ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ ، ހއ. ތަކަންދޫ، ހއ. އުތީމު، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދު އެވެ. އަދި ހަނިފަރު ބޭ އާއި ބިލެއްދޫ ތިލައިގައެވެ.

ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބިފައިވާ މި ރެލީ އިތުރަށް ފުރިހަމަ ކުރުމަށް އެމްއައިޓީޑީސީން ވަނީ ހާއްސަ ޓުއާ ގައިޑުން ވެސް ތަމްރީނު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!